ދިވެހިރާއްޖެ
އިޢުލާން |
|
ނަމްބަރު: (IUL)257/257/2021/53
|
މި ކައުންސިލް އިދާރާއިންނާއި، މިރަށު މަސްޖިދުއްޞަލާޙު މިސްކިތުން ބޭނުންކޮށް ނަގާފައިވާ ބައެއް ތަކެތި ނީލަން ކިޔުމާއި ބެހޭ |
ތާރީޚް: 15 ނޮވެމްބަރު 2021 |
މި ކައުންސިލް އިދާރާއިންނާއި މިރަށު މަސްޖިދުއްޞަލާޙު މިސްކިތުން ބޭނުންކޮށް ނަގާފައިވާ ބައެއް ތަކެތި ނީލަންކިޔުން 18 ނޮވެމްބަރު 2021 ވަނަދުވަހު އޮންނާނެއެވެ. މިތަކެތި ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ މި ކައުންސިލް އިދާރާގެ ދެކުނުފަރާތު ގޯތި ތެރޭގަ އާއި، މިރަށު މަސްޖިދުއް ޞަލާޙު މިސްކިތުގެ ގޯތި ތެރޭގައެވެ. މި ކައުންސިލް އިދާރާގެ ގޯތިތެރޭގައި ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި، ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 18 ނޮވެމްބަރު 2021 ވަނަދުވަހުގެ 10.00 ގައެވެ. މަސްޖިދުއްޞަލާޙު މިސްކިތުގެ ގޯތި ތެރޭގައި ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި، ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 18 ނޮވެމްބަރު 2021 ވަނަދުވަހުގެ 13.00 ގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތަކުން ވަގުތުން ކައުންސިލް އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު، ނީލަމުން ނެންގެވި ތަކެތި 18 ނޮވެމްބަރު 2021 ވަނަ ދުވަހުގެ 14.00 ގެ ކުރިން ގެންގޮސް ނިންމެވުމަށް ދެންނެވީމެވެ. މި މުއްދަތުގެ ތެރޭގައި ނީލަމުން ނެންގެވި ތަކެތި، ނީލަމުންނެންގެވި ފަރާތްތަކުން ނުގެންގޮސް ހުރިނަމަ އެތަކެއްޗާއި މެދު މިކައުންސިލުން ނިންމާ ގޮތެއްގެ މަތީން ޢަމަލުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކާ ދެންނެވީމެވެ.
10 ރަބީޢުލްއާޚިރު 1443
15 ނޮވެމްބަރު 2021