ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރިސުކޫލް އެސިސްޓެންޓް

 

 

އިޢުލާން

ނަމްބަރު:  (IUL)257/257/2021/54

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

ޕްރީސުކޫލް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ / ކޮންޓްރެކްޓް

މަޤާމު އޮތް އޮފީސް:

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާ / ހއ.ބާރަށު ޕްރީސުކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހއ.ބާރަށު ޕްރީސުކޫލް

މުސާރަ:

-/2500 ރުފިޔާ

މުއްދަތު:

1 އަހަރު (ކޮންޓްރެކްޓް އުޞޫލުން)

އިތުރު އިނާޔަތްތައް:

ހަމަޖެހޭ އުސޫލުން އިތުރުގަޑީގެ ފައިސާ  އަދި ރަމަޟާންމަހުގެ އިނާޔަތް.

މަޤާމުގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ޕްރީސުކޫލްގެ އޮފީހާއި، ކްލާސްރޫމްތައް ފޮޅާ ސާފުކޮށް މޮޕްލުން.
  2. ދަރިވަރުންނާއި، މުވައްޒަފުން ބޭނުންކުރާ ފާޙާނާތައް ސާފުކޮށް ބެލެހެއްޓުން.
  3. ދަރިވަރަކު ފާހާނާއަށް ދާންބޭނުންވެއްޖެ ހިނދެއްގައި އެދަރިވަރަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  4. އިމާރާތް ވަށައިގެން 10 ފޫޓަށް  ކުނިކަހާ ނޮޅާސާފުކުރުން.
  5. ސުކޫލްގެ އިދާރާއިންކުރާ އިދާރީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  6. މީގެއިތުރުންވެސް ޓީޗަރުން ބޭނުންވެއްޖެ ކަމެއްގައި އެއްބާރުލުން ދިނުން.

ފެންވަރު ނުވަތަ ޝަރުތުތައް:

  1. މަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ މީހަކަށްވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  2. މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް އިންޓަރވިއު ކޮށްގެން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށްއެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރަތްޔިތެއްކަން އަންގައިދޭ  ކާޑުގެ ސާފު ކޮޕީއެއް (މުއްދަތު ހަމަނުވާ ކާޑު)
  3. ސަރުކާރުގެ ވަޒީފާއެއް އަދާކުރާ ނުވަތަ ސަރުކާރަށް ޙިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  4. ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ނޮވެމްބަރު 2021 ގެ 14:00 ގެ ކުރިން، ބާރަށު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ކުރައްވާނަމަ ލިޔުންތައް އިދާރާއަށް ލިބިފައިވާކަން ކަށަވަރުކުރެއްވުމަކީ ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާގައެވެ. އިންޓަރވިއު އޮންނާނެ ތާރީޙާއި ވަޤުތު ޝަރުތު ހަމަވާ ފަރާތްތަކަށް ފަހުން އަންގާނެވާހަކަ ދެންނެވީމެވެ.

ޝޯޓް ލިސްޓްކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު (03) އަށްވުރެ ގިނަނަމަ، ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ (03) ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން.

މި އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500016 ނަމްބަރު ފޯނާއެވެ. އީ މެއިލް ކުރާނީ [email protected]  އަށެވެ.

 

 

                 12 ރަބީޢުލްއާޙިރު 1443

                 17  ނޮވެމްބަރު  2021                 

17 ނޮވެންބަރު 2021
ހޯދާ