މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު:

               ބ. ކެންދޫ ބަނދަރު ސަރަހައްދުން ގުދަން ކުރުމަށް ދޫކުރެވިފައިވާ 4 ބިމުގެ ކުލީ މުއްދަތު ހަމަވެފައިވާތި 7 އަހަރު ދުވަހުގެ މުއްދަތަށް އެބިންތައް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް 14 ޖުލައި 2021 ގައި ކުރި މި އިދާރާގެ ނަންބަރު
 (IUL)315-EC/315/2021/63 ( 14 ޖޫން 2021 ) އިއުލާން ބާތިލް ކޮށް އަލުން މި ބިންތަކުގައި ހުރި އިމާރާތްތަކާއި އެންމެހާ ނުއުފުލޭ މުދަލާއިއެކު ގުދަނުގެ ގޮތުގައި މި ބިންތައް 7 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް އަންދާސީ ހިސާބު ހުޅަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރާ ބިންތަކުގެ މައުލޫމާތު

 

1- ގުދަން ކުރުމަށް ދޫކުރާ 1 ނަމްބަރު ބިމާބެހޭ މަޢުލޫމަތު 

 v   މި  ބިން އޮތްތަން :  ބ. ކެންދޫ ބަނދަރު ހުޅަނގު ދެކުނު ފަރާތު ގުދަންބަރީގެ އެންމެ އުތުރު ބިން.

 v   ބިމުގެ ބޮޑުމިން : 705 އަކަފޫޓް

 v   ބިމުގައި ކުރެވޭނެ ބޭނުން : ވިޔަފާރި މުދާ އަދި އެހެނިހެން މުދާ ރައްކާކޮށް ގުދަން ކުރުމަށް

 v   ބިމުގެ ސިފަ : މި ބިމަކީ ކަންކުތިކޮށް ފުޅާމިނުގައި 30 ފޫޓް  ދިގުމިނުގައި އިރުމަތީ ފަރާތުގައި 25.5 ފޫޓް އަދި ހުޅަނގުގައި 22 ފޫޓް ހުންނަ ބިމެކެވެ. 

v    ބިމަށް ކުލި ނަގާނެ މިންވަރު : ބިމުގެ އަކަފޫޓަކަށް މަދުވެގެން 50/1 (އެއްރުފިޔާ ފަންސާސް ލާރި) ގެ ރޭޓުން ޖެހޭ އަދަދެވެ.

2- ގުދަން ކުރުމަށް ދޫކުރާ 2،3،4 ނަމްބަރު ބިމާބެހޭ މަޢުލޫމަތު 

 v   މި  ބިންތައް އޮތްތަން :  ބ. ކެންދޫ ބަނދަރު ހުޅަނގު ދެކުނު ފަރާތު ގުދަންބަރި

 v   ބިމުގެ ބޮޑުމިން : 600 އަކަފޫޓް 20×30 ފޫޓް

 v   ބިމުގައި ކުރެވޭނެ ބޭނުން : ވިޔަފާރި މުދާ އަދި އެހެނިހެން މުދާ ރައްކާކޮށް ގުދަން ކުރުމަށް

 

 v   ބިމުގެ ސިފަ : މިބިމަކީ ފުޅާމިނުގައި 30 ފޫޓް އަދި ދިގުމިނުގައި 20 ފޫޓް ހުންނަ ހަތަރެސްކަން ހަމަ ބިމެކެވެ. 

v    ބިމަށް ކުލި ނަގާނެ މިންވަރު : ބިމުގެ އަކަފޫޓަކަށް މަދުވެގެން 50/1 (އެއްރުފިޔާ ފަންސާސް ލާރި) ރޭޓުން ޖެހޭ ޢަދަދެވެ.

                ވީމާ، މިބިންތައް ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް "ބަނދަރު ސަރަހައްދުން ގުދަން ކުއްޔަށް ހިފުމަށް އެދޭފޯމް އަދި މައުލޫމާތު ކަރުދާސް" މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

މައުލޫމާތު ސާފުކުރުމާއި،ބީލަމުގައި ރަޖިސްޓްރީ ކުރުމާއި ބީލަން ފޯރމް ވިއްކުން

( ގުދަން ކުއްޔަށް ހިފުމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 200.00 ރުފިޔާއަށް )

22 ނޮވެމްބަރ 2021 ހޯމަ

13:00 ގައި

ބ.ކެންދޫ ކައުންސިލްގެ އިދާރާ

ޕްރީބިޑް މީޓިންގ

25 ނޮވެމްބަރ 2021 ބުރާސްފަތި

13:00 ގައި

ބ.ކެންދޫ ކައުންސިލްގެ އިދާރާ

ބިޑް ހުށަހެޅުން

30 ނޮވެމްބަރ 2021 އަންގާރަ

11:00 އަށް

ބ.ކެންދޫ ކައުންސިލްގެ އިދާރާ

 

               " ބަނދަރު ސަރަހައްދުން ގުދަން ކުއްޔަށް ހިފުމަށް އެދޭ ފޯމް " ވިއްކާ އަގަކީ -/200ރ (ދުއިސައްތަ ރުފިޔާ ) އެވެ. ބިޑްފޯމްސެޓް ގަންނަން ލިބޭނީ 22 ނޮވެމްބަރ 2021 ދުވަހު މައުލޫމާތު ސާފުކުރުމަށް ވަޑައިގެން ބީލަމުގެ މައުލޫމާތު ސާފުކުރުމުގެ ހާޒިރީގައި ރަޖިސްޓްރީ ވާ ފަރާތްތަކަށެވެ. ބިޑް ހުޅުވުން އޮންނާނީ ބިޑް ހުށަހަޅުއްވާ ދުވަހު، ހުށަހެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ.

ބީލަން ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ހުށަހެޅުމެވެ. ބީލަމުގައި ރެޖިސްޓްރީވެފައިނުވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ބީލަންވެރިޔާގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ.

                 މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

17 ނޮވެންބަރު 2021
ހޯދާ