މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާންމު ފަރުދުންނަށް ސްޓޮކް ޕައިލްކުރެވިފައިވާ ވެލި ދޫކުރުމާއިގުޅޭ

ތިރީގައި މިދަންނަވާ އުޞޫލުތަކާ އެއްގޮތަށް، ގިނަ ޢާންމު ރައްޔިތުންގެ އެދުމާއި އެކު ރ.ދުވާފަރުގައި ސްޓޮކްޕައިލް ކުރެވިފައިވާ ވެލި ދޫކުރުމަށް ހަމަޖެހިފައިވާކަން އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  • ވެލި ނެގުމުގެ ހުއްދަ ހޯދުމަށް ކައުންސިލުގައި ނަންނޯޓް ކުރުން.
  • ނަންނޯޓް ކުރުން އޮންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، 18 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 25 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް.
  • މި މުއްދަތުގެ ތެރޭގައި ނަންނޯޓް ކުރާ ފަރާތްތަކަށް ވެލި ދޫކުރުމުން ގެންދާނީ އެއްވެސް އަގަކާ ނުލައި
  • ވެލި ދޫކުރާނީ ކައުންސިލުން ހަމަޖައްސާފައިވާ ވަކި ސަރަޙައްދަކުންނެވެ.
  • ވެލި ނެގުމުގެ މަސައްކަތުގައި ދިމާވާ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާއެއް ނުވާނެވެ.
  • ވެލިނެގުމުގެ މަސައްކަތަށް އެއްވެސް ޙާލަތެއްގައި ބޮޑު ހިލަތޮށީގެ ބޭނުންކޮށްގެން ނުވާނެވެ.
  • ވެލި ނެގުމުގެ މަސައްކަތުގައި ހިލަތޮއްޓަށް ގެއްލުންވާނެ ފަދަ އެއްވެސް ޢަމަލެއްކޮށްގެން ނުވާނެވެ.
  • ވެލި ނެގުމުގެ މަސައްކަތަށް ބޭނުންކުރި އެއްވެސް އެއްޗެއް ފަޅުތެރެއަށް ނުވަތަ ހިއްކިބިމަށް ދޫކޮށްލައިގެން ނުވާނެވެ.
  • ވެލި ދޫކުރުމުގައި ހެދިފައިވާ ޤަވާއިދުތަކަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމް ކުރަންވާނެވެ.
  • މި އުޞޫލާއި ޚިލާފުވާ ފަރާތްތަކާއި މެދު ޤަވާޢިދުގައިވާ ގޮތަށް ފިޔަވަޅު އެޅޭނެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 ރަބީޢުލްއާޚިރާ 1433

17 ނޮވެމްބަރ   2021

17 ނޮވެންބަރު 2021
ހޯދާ