ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

(IUL)NSA-VAM/NSA-VAM/2021/1002:ނަންބަރ

ވަޒީފާގެ ފުރުޞަތު

މި އެސޯސިއޭޝަންގެ ތިރީގައި މިވާ މަޤާމަށް މީހަކު ހޯދަންބޭނުންވެއެވެ.

މަޤާމް

މެނޭޖަރ

ބޭނުންވާ ޢަދަދު

01 (އެކެއް)

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް

ވަޒީފާ އަދާކުރަންޖެހޭތަން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މުސާރަ

ދެފަރާތް އެއްބަސްވާ މުސާރައެއް

ޝަރުތު:

ހ. ލެވެލް 5 ޑިޕްލޮމާ އިން ސްޕޯރޓްސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ހަދާފައިވުމާއެކު 3 އަހަރު ދުވަހުގެ ހިންގުމުގެ ދާއިރާގެ ތަޖްރިބާ ހުރުން ނުވަތަ

 

ށ. ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 3 މާއްދާއިން ފާސްވެފައި ވުމާއެކު 5 އަހަރު ދުވަހުގެ ހިންގުމުގެ ދާއިރާގެ ތަޖްރިބާ ހުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

 

އިންޓްވިއުކުރުން

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް

ހ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

- ވަޒީފާ އަށް އެދި ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.

 

- ވަޒީފާއަށް އެދޭ ލިޔެކިއުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 29 ނޮވެމްބަރ 2021 ވާ  ހޯމަ ދުވަހުގެ މެންދުރު 14:00 އެވެ.

 

 

 

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި ވަޒީފާއާއި ގުޅޭ އިތުރު މައޫލޫމާތު 'ޓަރމްސް އޮފް ރެފަރެންސްގައި' ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3317015 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

17 ނޮވެންބަރު 2021
ހޯދާ