މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިފީ ނުދައްކާ ގޭގޭގެ ލިސްޓް ޢާއްމުކުރުން

އިޢުލާން

ކުނިފީ ނުދައްކާ ގޭގޭގެ ލިސްޓް ޢާއްމުކުރުން

ކުނިމެނޭޖް ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ބައެއް ތަންތަނުން ޤަވާއިދުން ފައިސާ ދައްކަމުންނުދާތީ، މިކަމުގައި ޢަމަލުކުރާނެގޮތެއް ކަނޑައެޅުމަށް، 2021 އޮކްޓޫބަރު 24 ވީ އަންގާރަ ދުވަހު ބޭއްވުނު ކައުންސިލްގެ 04 ވަނަ ދައުރުގެ 38 ވަނަ ޢާއްމު ބައްދަލުވުމަށް ހުށަހެޅުމުން ކައުންސިލްގައި މަޝްވަރާކޮށް ނިންމާފައިވަނީ، 2021 އޮގަސްޓްމަހުގެ ނިޔަލަށް ކުނިފީ ދައްކަވާފައިނުވާ ފަރާތްތަކަށް 15 ދުވަހުގެ ނޯޓިސްއެއް ދިނުމަށާއި، ނޯޓިސްގެ މުއްދަތުގައި ފައިސާނުދައްކަވައިފިނަމަ، އެފަދަ ފަރާތްތަކުގެ ނަން އިޢުލާންކުރުމަށެވެ.

މިގޮތުން މިހާތަނަށް ނޯޓިސްދެވިފައިވާ ގޭތަކުގެ ތެރެއިން، ދީފައިވާ މުއްދަތުގައި ފައިސާ ދައްކާފައިނުވާ ގޭގޭގެ ލިސްޓް ތިރީގައި އެވަނީއެވެ.

#

ގޭގެ ނަން

1

 ރިޔާޟް

2

 މާވިލް

3

 މަރިޔާދު

4

 އަނޯނާގެ

5

 ކުދިރުވާލިގެ

6

 ހެލެގެލި

7

 ލީފް

8

 ކެލެފޯނިއާ، (ލިޔެލާޖަހާތަން)

9

 ހަނދުވަރުމަތީގެ

10

 މިނާވް

 

ވީމާ، މަތީގައި ބަޔާންކުރެވިފައިވާ، ގޭތަކުން 2021 ޑިސެމްބަރު 02 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މިއިދާރާއަށް ފައިސާ ދައްކަވައި ނިންމެވުން އެދެމެވެ. އަދި މި މުއްދަތުގައިވެސް ފައިސާ ނުދައްކަވައިފިނަމަ، ފައިސާ ނުދައްކާވާ ފަރާތްތަކުގެ މައްސަލަ ޝަރީޢަތް މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށްވެސް، ކައުންސިލްގެ 04 ވަނަ ދައުރުގެ 38 ވަނަ ޢާއްމު ބައްދަލުވުމުން ވަނީ ނިންމަވާފައެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

17 ނޮވެމްބަރު 2021 

17 ނޮވެންބަރު 2021
ހޯދާ