ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޅުވެލިފުށި ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފިސަރެއް ނަގަން ބޭނުންވުން

 

އޮޅުވެލިފުށީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފިސަރެއް ބޭނުން ވެއްޖެއެވެ.

ބޭނުންވާ އަދަދު:

1

މަސައްކަތް ކުރަންޖެހޭ ތަން:

ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާ

ކުރަންޖެހޭ މަސައްކަތް:

ކައުންސިލް އިދާރާ އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން، ކައުންސިލުން ހަވާލުކުރާ އެހެނިހެން މަސައްކަތް ކުރުން

ކޮންޓުރެކްޓުގެ މުއްދަތު:

31 ޖަނަވަރީ 2021 ގެ ނިޔަލަށް (މަސައްކަތް ކޮށްފައިވާގޮތަށް ރިޢާޔަތްކޮށް ކޮންޓުރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ކައުންސިލުން ނިންމަވައިފިނަމަ، މުއްދަތު އިތުރުކޮށްދެވޭނެ އެވެ.)

އުޖޫރަ:

މަހަކު -/4000 (ހަތަރުހާސް ރުފިޔާ)

އިތުރު އެލަވަންސް

ސެކިއުރިޓީ ބެލެހެއްޓުމުގެ އިތުރުން، އިތުރަށް ކުރުވާ މަސައްކަތް ކުރުވާނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތުތައް:

1-       ޢުމުރުން 18 އަހަރާއި 60 އަހަރުގެ މީހަކަށްވުން

2-      މޯބައިލް ފޯން ގެންގުޅޭ ފޯން ބޭނުންކުރަން ދަންނަ މީހަކަށްވުން

3-      ލިޔަންކިޔަން އެގުން

ހުށައަޅަންޖެހޭ ލިޔުންތައް:

1-      އެޕްލިކޭޝަން ހުށަހަޅާ ފޯރމް ( އެޕްލިކޭޝަން ފޯމް މިއިދާރާގެ ކައުންޓަރުން ލިބިލައްވާ.)

2-      ޝަރުތު ހަމަވާކަން، ނުވަތަ ޤާބިލްކަން ސާބިތުކޮށްދޭ ލިޔުންތައް ( މި ލިޔުންތައް ގެންނާނީ އިންޓަވިއުއަށް ޙާޞިރުވާއިރުއެވެ.)

3-      ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގާދޭ، ކާޑުގެ ކޮޕީއެއް

ކޮންޓުރެކްޓް އެވޯޑު ކުރުމާއި ބަލާނެކަންކަން

1-      ހުނަރު

50%

ކަރަންޓު ވަޔަރުކުރަން ނުވަތަ ޕުލަންބަރިން މަސައްކަތް ކުރަން އެގުން. އެފަދަ ދާއިރާއަކު ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން މަސައްކަތް ކޮށް 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެފަދަ ދާއިރާއެއްގެ ސެޓްފިކެޓެއް އޮތުން

2-      ފޯންފަރިތަވުން

25%

( އެސްއެމްއެސް ކުރަން އެގުން / ކޮންޓެކްޓު ހޯދަން އެގުން )

3-      އިންޓަވިއު

25%

ޢާންމު މަޢުލޫމާތާއި މުޢާމަލާތު ކުރުމުގެ ހުނަރު)

4-      ޖުމްލަ

100%

( ކޮންޓުރެކްޓަށް ލިބޭނީ  އެންމެ މަތިން ޕޮއިންޓު ލިބޭ 2 ފަރާތަށެވެ.)

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މަޤާމާށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ނޮވެމްބަރު 2021 ގެ 13:00 ގެ ކުރިން، ފާދިއްޕޮޅު އޮޅުވެލިފުށި ކައުންސިލް އިދާރާ އަށެވެ.

އިންޓަވިއު އޮންނާނެ ތަނާ މުއްދަތު:

މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 24 ނޮވެމްބަރު 2021 އާއި 30 ނޮވެމްބަރު 2021 އާ ދެމެދު، އޮޅުވެލިފުށީ ކައުންސިލް އިދާރާގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7895584 ނުވަތަ 7654686 އަށެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

17 ނޮވެމްބަރު 2021

 

 

17 ނޮވެންބަރު 2021
ހޯދާ