ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އިދާރީ ކްލެސިފިކޭޝަންގެ ޖީ.އެސް 3 އަދި ޖީ.އެސް 4 ރޭންކުގެ މަޤާމުތަކަށް ޝަރުތުހަމަކުރުމާ ގުޅޭ

2021 އޮކްޓޫބަރު 6 ވަނަ ދުވަހު މި ކޮމިޝަނުގެ ނަންބަރު 2021/38 ސަރކިއުލަރ އާއެކު އާންމުކޮށްފައިވާ "ސިވިލް ސަރވިސްގެ އިދާރީ އަދި ފަންނީ މަޤާމުތަކުގެ އަސާސީ ޝަރުޠު (10 ވަނަ އިޞްލާޙު)" ގައި، އިދާރީ ކްލެސިފިކޭޝަންގެ ޖީ.އެސް 4 ރޭންކުގެ އިދާރީ މަޤާމުތަކުގެ ތިންވަނަ ޝަރުޠުގައި ބަޔާންކޮށްފައިވާ "ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން" މި ޝަރުތުގެ ތެރެއިން ޝަރުޠުހަމަކުރުމުގައި، މަޤާމަށް ކުރިމަތިލާފައިވާ ފަރާތުން 'ދިވެހި ލޭންގުއޭޖުން' ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވާ ނަމަ، އެ ސަނަދުން ޖީ.އެސް 4 ގެ ޝަރުޠުގައި ހިމެނޭ 2 ކޮމްޕޮނަންޓް ފުރިހަމަވާކަމުގައި (އެ ސަނަދުން މަޤާމަށް ޝަރުޠު ހަމަވާކަމުގައި) ބަލައިގެން ވަޒީފާ ހަމަޖެއްސުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.

އަދި އިދާރީ ކްލެސިފިކޭޝަންގެ ޖީ.އެސް 3 ގެ މަޤާމުތަކަށް "ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން" މި ޝަރުޠުން ޝަރުޠުހަމަކުރުމުގައި ވެސް އިސްވެ ދެންނެވުނު މިންގަނޑުގެ ތެރެއިން ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.

 

17 ނޮވެންބަރު 2021
ހޯދާ