މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                       އިޢުލާން ނަންބަރު: ‮‭(IUL)MMPRC-HR/1/2021/54

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  ޑިރެކްޓަރ

މުސާރަ (މަހަކު) : -/13,800 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/4,600 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/4,600 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ފައިނޭންސް

ބޭނުންވާ އަދަދު: 1

1.  ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 (މާސްޓާސް ޑިގްރީ/ އެޑްވާންސް ޕްރޮފެޝަނަލް ޑިޕްލޮމާ/އެޑްވާންސް ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން (ނުވަތަ)

ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ ޕްރޮފެޝަނަލް ސެޓްފިކެޓް)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި  ލިބިފައިވުން.

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ހ. ޑިޕާޓްމެންޓުން ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅުމުގައި ޗީފް ފައިނޭންސް އޮފިސަރަށް އެހީތެރިކަން ފޯރުކޮށްދިނުން

ށ. މިކޯޕަރޭޝަންގެ ފައިނޭންސް ޑިޕާރޓްމަންޓުން ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ގަވާއިދުން ކުރިއަށްދާކަން ކަށަވަރުކޮށް، ބެލެހެއްޓުން

ނ. ފައިނޭންސް ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ބެލެހެއްޓުން.

ރ. މިކޯޕަރޭޝަންގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި ޗީފް ފައިނޭންސް އޮފިސަރއަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ދިނުން. އަދި އަހަރީ ބަޖެޓު އެކުލަވާލުމާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން. ބަޖެޓް ކޮންމެ އަހަރަކު އެކުލަވާލާ ތައްޔާރުކޮށް އަދި މި މައުލޫމާތު ޙިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.

ބ. މި ކޯޕަރޭޝަންގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި، އެހެނިހެން ޑިޕާޓްމަންޓް/ސެކްޝަންތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން

ޅ. މި ކޯޕަރޭޝަނުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ ހިސާބުތައް ޗީފް ފައިނޭންސް އޮފިސަރގެ ލަފާގެ މަތިން ތައްޔާރުކުރުން.

ކ. މި ކޯޕަރޭޝަނުން ކުރިއަށްގެންދާ އެންމެހާ ހަރަކާތްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ހަރަކާތްތަކުގެ ޚަރަދުތައް، ކަނޑައަޅާފައިވާ ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދިއުމުގެ އެންމެހާ މަސައްކަތް މޮނިޓަރކުރުން.

އ. މިކޯޕަރޭޝަނުގެ ފައިނޭންޝަލް ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

ވ. ކުންފުނީގެ މާލީ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލަންޖެހޭ ޕޮލިސީތަކާއި ޕްރޮސީޖަރތައް އެކުލަވާލުމުގައި ޗީފް ފައިނޭންޝަލް އޮފިސަރއަށް އެހީތެރިކަން ފޯރުކޮށްދިނުން.

މ. ކޯޕަރޭޝަންގެ އެކައުންޓްސްތައް ރިކޮންސައިލް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް މޮނިޓަރކުރުން

ފ. ހަމަޖެހިފައިވާ އުސޫލާ އެއްގޮތައް ޤަވައިދުން ޕޭމެންޓްތައް ޕްރޮސެސް ކުރެވޭކަން ކަށަވަރުކުރުން

ދ. ކޯޕަރޭޝަނަށް ލިބެންޖެހޭ ފައިސާތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލިބެމުންދާކަން ކަށަވަރުކުރުން

ތ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

23 ނޮވެމްބަރ 2021 ވަނަ ވާ އަންގާރަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމަނައިގެން ތައްޔާރުކޮށްފައިވާ ސީވީ.

އ. ޕޮލިސް ރިޕޯޓް

5. އިތުރު މަޢްލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6. އެޑްރެސް ކުރައްވާނީ:

ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

17 ނޮވެންބަރު 2021
ހޯދާ