މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ރޯމަސް މާރުކޭޓުގެ މަތީ ފްލޯރތަކުގެ ބައެއް ތަންތަނަށް ވައްދާފައިވާ މުދަލާއި ތަކެތި ނެރެ އެތަންތަން ހުސްކުރުން

                 މާލޭ ރޯމަސް މާރުކޭޓުގެ މަތީ ފްލޯރތަކުގައި ހުރި، ތިރީގައިއެވާ ތަންތަނަށް ވައްދާފައިވާ މުދަލާއި ތަކެތި ނެރެ އެތަންތަން ހުސްކުރުމަށް މި އިދާރާއިން ބޭނުންވެއެވެ.

                 ވީމާ، އެތަންތަނުގައި ހުރި މުދަލާއި ތަކެތި، ލަސްވެގެން، 28 ނޮވެމްބަރ 2021 ގެ ނިޔަލަށް ނެރެ ހުސްކުރުމަށްފަހު، އެތަންތަނުގެ ތަޅުދަނޑިތައް މި އިދާރާއާ ޙަވާލުކުރުމަށް އަންގައި އިޢުލާނުކުރީމެވެ.

                 ތަޅުދަނޑިތައް ޙަވާލުކުރުމަށް ގުޅާނީ، 7994565 ނަންބަރު ފޯނަށެވެ.

                 މުދާނެރެ ހުސްކުރަންޖެހޭ ތަންތަނަކީ:-

                 1- މާރުކޭޓް ސްޓޯރު

                 2- ތާޒަން ފިހާރަ

                 3- މަސައްކަތު މީހުން ނިދާތަން 

  12 ރަބީޢުލްއާޚިރު 1443

17 ނޮވެންބަރު 2021
ހޯދާ