ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޭކްއަވޭ ފުޑްއައުޓްލެޓެއް ހެދުމަށް ބިމެއް ކުއްޔަށް ދޫކުރުން

ޓޭކްއަވޭ ފުޑް އައުޓްލެޓެއް ހެދުމަށް ބިމެއް ކުއްޔަށް ދޫކުރުން:

ކޮނޑޭ އިރުމަތީ ފަރާތު ކޮނޑޭ އަލިމަނިކުފާނު މަގުގެ އުތުރު ފަރާތުގައި ކައުންސިލުން ތަރައްޤީ ކޮށްފައިވާ ޕިކްނިކް އޭރިޔާ (ލައިމް ބީޗް)ގެ ހުޅަނގުން ލައިމްބީޗާއި އިންވެގެން އޮތް ބިމުން ޓޭކްއަވޭ ފުޑް އައުޓްލެޓްއެއް ހެދުމަށް 20 ފޫޓް 15 ފޫޓް (300) އަކަފޫޓްގެ ބިމެއް 10 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ, ޓޭކްއަވޭ ފުޑް އައުޓްލެޓެއް ހެދުމަށް މިބިން ކުއްޔަށް ނެންގެވުމަށް ޝަޢުޤުވެރި ވެލައްވާ ފަރާތްތަކުން 2021 ނޮވެމްބަރ  23 ވަނަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފް ކުރެއްވުމަށްފަހު 2021 ނޮވެމްބަރ 28 ވަނަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 މިކަމާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފް ކުރެއްވުމަށް ރަސްމީ ގަޑީގައި 6820019 އަށް ގުޅުއްވުން އެދެމެވެ.

16 ނޮވެންބަރު 2021
ހޯދާ