ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ވާވު ޝިޕްރެކް" ސަރަޙައްދު ހިމާޔަތްކޮށް، ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަވާނޭގޮތަށް އެ ސަރަޙައްދު ތަރައްޤީކުރާނެ ގޮތުގެ ކޮންސެޕްޓެއް އަދި ތަފްޞީލު ކުރެހުންތައް ތައްޔާރުކުރުން

"ވާވު ޝިޕްރެކް" ސަރަޙައްދު ހިމާޔަތްކޮށް، ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަވާނޭގޮތަށް އެ ސަރަޙައްދު ތަރައްޤީކުރާނެ ގޮތުގެ ކޮންސެޕްޓެއް އަދި ތަފްޞީލު ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަން މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

ބީލަން ރަޖިސްޓަރީ ކުރުމާއި މައުލޫމާތު ސާފުކުރުން

23 ނޮވެމްބަރ 2021

13:00

ޒޫމް މެދުވެރިކޮށް

އަގު ހުށަހެޅުން

05 ޑިސެމްބަރ 2021

10:00

ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ

 

 

  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢްލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރެޖިސްޓްރީވުމަށް މި އިދާރާގެ ނަންބަރު 6700502 ނުވަތަ ވައިބަރ ނަންބަރު7949275 އަށް މެސެޖްކުރައްވާ ނަން ނޯޓް ކުރެއްވުމުން އެފަރާތަށް މަޢްލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ލިންކް ފޮނުވައިދެވޭނެވެ.
  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢްލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރެޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 23 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢްލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރެޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢްލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަކަށްޓަކައި ދަންނަވަމެވެ.
  • ބީލަމަށް އަގުހުށަހެޅުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ވަގުތުގައި ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢްލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު: 

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،

ފޯން: +960-6700502، ވައިބަރ: +960-7949275  ، އީމެއިލް: [email protected] 

16 ނޮވެންބަރު 2021
ހޯދާ