މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ޑިޒައިން-ބިލްޑް، ފައިނޭންސް، އޮޕަރޭޓް، މެއިންޓެއިން އަދި ޓްރާންސްފަރ އުސޫލުން ޤާއިމްކުރުމުގެ މަސައްކަތް

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

(ޕޮރޮޖެކްޓް ނަންބަރު: TES/2020/W-096-R01)

 

ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ޑިޒައިން-ބިލްޑް،ފައިނޭންސް،އޮޕަރޭޓް،މެއިންޓެއިން އަދި ޓްރާންސްފަރ އުސޫލުން ޤާއިމްކުރުމުގެ މަސައްކަތް

ގްރާންޓް ނަންބަރު:D175-MV

އާރ.އެފް.ޕީ ނަންބަރު:MV-MOFA-252684-CW-RFP

 

1. ދިވެހި ސަރުކާރުން ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް  ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ  ދަށުން ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ޑިޒައިން-ބިލްޑް،ފައިނޭންސް،އޮޕަރޭޓް،މެއިންޓެއިން އަދި ޓްރާންސްފަރ އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2. ވީމާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް މި މިނިސްޓްރީއިން ކުރި ނަންބަރު (IUL)13-K/13/2020/274 އިޢުލާނަށް ލިބިފައިވާ ޕްރޮޕޯސަލްތައް ބާޠިލްކޮށް، ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ޑިޒައިން-ބިލްޑް،ފައިނޭންސް،އޮޕަރޭޓް،މެއިންޓެއިން އަދި ޓްރާންސްފަރ އުސޫލުން ޤާއިމްކުރުމުގެ މަސައްކަތަށް ޝަރުޠުހަމަވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މުއްދަތަކީ 12 މަސް ދުވަހެވެ. އަދި ހެޗަރީ ހިންގުމަށް ދޫކުރެވޭ މުއްދަތަކީ 20 އަހަރު ދުވަހެވެ. މިޕްރޮޖެކްޓްގައި މާޖިން އޮފް ޕްރިފެރެންސް ދިނުމަށް ހަމަޖެހިފައިނުވެއެވެ.

3. މި ޕްރޮޖެކްޓްގެ ޕްރޮކިއުމަންޓް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ޕްރޮކިއުމަންޓް އުސޫލުގެ މަތިން، ވަރލްޑް ބޭންކުގެ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން "ޕްރޮކިއުމެންޓް ރެގިއުލޭޝަން ފޮރ އައި.އީ.އެފް. ބޮރޯވަރސް" ޖުލައި 2016 ގައި ޝާއިރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018ގައި އިސްލާހުކޮށްފައިވާ ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

4. މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް ތިރީގައިވާ ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

ފައިނޭންޝިއަލް

ހ. މިމަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ނެޓް ވޯތްގެ ގޮތުގައި ފާއިތުވި 3 އަހަރު މަދުވެގެން 5 މިލިއަން އެމެރިކާ ޑޮލަރ ހުންނަންވާނެއެވެ.

ށ. މިމަސައްކަތަށް ކުރިމަތިލާ ފަރާތުން ޓެންޓޭޓިވް އިންވެސްޓްމެންޓް ޕްލޭން އަދި ޓެންޓޭޓިވް ފައިނޭންސިން ޕްލޭން ހުށަހަޅަންވާނެއެވެ.

ޓެކްނިކަލް

ހ. މަސައްކަތަށް ކުރިމަތިލާ ފަރާތް ނުވަތަ ސަބް ކޮންޓްރެކްޓް ކުރާ ފަރާތަކީ މަދުވެގެން 1 (އެކެއް) މެރިން ހެޗަރީއެއް ކާމިޔާބުކަމާއެކު ހިންގާފައިވާ އަދި 3 (ތިނެއް) އަހަރުގެ މުއްދަތުގެ ތެރޭގައި އަހަރެއްގެ މައްޗަށް މަދުވެގެން 2.5 މިލިއަން ފިންގަރލިންގްސް އުފައްދާފައިވާ ފަރާތަކަށްވާން ވާނެއެވެ.

ށ. މަސައްކަތަށް ކުރިމަތިލާ ފަރާތް ނުވަތަ ސަބް ކޮންޓްރެކްޓް ކުރާ ފަރާތަކީ މަދުވެގެން 1 (އެކެއް) މިލްކްފިޝް ހެޗަރީ ކާމިޔާބުކަމާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އަދި 3 (ތިނެއް) އަހަރުގެ ތެރޭގައި އަހަރެއްގެ މައްޗަށް މަދުވެގެން 10 ޓަނު އުފައްދާފައިވާ ފަރާތަކަށް ވާންވާނެއެވެ.

ނ. މަސައްކަތަށް ކުރިމަތިލާ ފަރާތް/ސަބްކޮންޓްރެކްޓަރު/ސަބް-ކޮންސަލްޓަންޓަކީ މި ޕްރޮޖެކްޓަށް ހުށަހަޅާ ޓެކްނޮލެޖީ ބޭނުންކޮށްގެން ފާއިތުވި 7 އަހަރުގެ ތެރޭގައި މަދުވެގެން  1(އެކެއް) މެރިން ފިންފިޝް އަދި މިލްކްފިޝް ހެޗަރީ ފަރުމާކޮށްފައިވާ ފަރާތަކަށްވާން ވާނެއެވެ.

ރ. މަސައްކަތަށް ކުރިމަތިލާ ފަރާތުން ނުވަތަ ސަބް ކޮންޓްރެކްޓް ކުރާ ފަރާތަކީ މަދުވެގެން 1 (އެކެއް) ހެޗަރީ، އަހަރެއްގެ ތެރޭގައި 2.5 މިލިއަން މެރިން ފިންފިޝް ފިންގަރލިންގްސް އުފެއްދުމުގެ ކެޕޭސިޓީއާއެކު ފާއިތުވި 7 އަހަރުގެ ތެރޭގައި ކާމިޔާބު ކަމާއެކު އުފައްދާ ކޮމިޝަން ކޮށްފައިވާ އަދި ހެޗަރީ ކާމިޔާބުކަމާއެކު މަދުވެގެން 1 އަހަރު ދުވަހަށް ހިންގާފައިވާ ފަރާތަކަށް ވާންވާނެއެވެ.

ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެއެވެ.

5. މި ޕްރޮޖްކްޓާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން   : (+960) 3349113، (+960) 3349147، (+960) 3349106 

އީމެއިލް  : [email protected]

ކޮޕީ   : [email protected]

6. ޕްރޮޖެކްޓްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 2021 ނޮވެންބަރު 16 އިން 2021 ޑިސެންބަރު 30އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 5ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

  • ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ޕްރޮޕޯސަލް އާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

7. މި ޕްރޮޖެކްޓުގެ ޕްރޮޕޯސަލް ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް  www.finance.gov.mvއިން 16 ނޮވެންބަރު 2021އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

8. ޕްރޮޖެކްޓްގެ ޕްރީޕްރޮޕޯސަލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ އޮންލައިންކޮށް ކަމަށްވުމުން ޕްރޮޖެކްޓްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތަކުން ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާނަމަ، އެފަރާތްރަކުން 2021 ޑިސެންބަރު 2 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިކަމަށްއެދި އީ-މެއިލް ކުރަންވާނެއެވެ.

9. ޕްރޮޕޯސަލް ސެކިޔުރިޓީގެ ގޮތުގައި 385,500.00 ދިވެހި ރުފިޔާ ނުވަތަ 25,000.00 ޔޫ.އެސް ޑޮލަރު ހުށަހަޅުއްވަންވާނެއެވެ. ޕްރޮޕޯސަލް ސެކިޔުރިޓީގެ މުއްދަތަކީ ޕްރޮޕޯސަލް ހުޅުވާ ތާރީޚުން ފެށިގެން 165 ދުވަހެވެ.

10. ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2022 ޖަނަވަރީ 3 ވާ ހޯމަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ޕްރޮޕޯސަލްއަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ޕްރޮޕޯސަލްގެ ޓެކްނިކަލް އެންވެލޮޕް ހުޅުވުމަށްފަހު ފައިނޭންޝަލް އެންވެލޮޕް ނުހުޅުވާ ރައްކާކުރެވޭނެއެވެ. އަދި ފައިނޭންޝަލް އެންވެލޮޕް ހުޅުވާނީ ޓެކްނިކަލް އިވެލުއޭޝަންގައި ފާސްވާ ފަރާތްތަކުގެ އެކަންޏެވެ. ޓެކްނިކަލް އިވެލުއޭޝަންގައި ފާސްނުވާ ފަރާތްތަކުގެ ފައިނޭންޝަލް އެންވެލޮޕް ނުހުޅުވައި އަނބުރާ ރައްދު ކުރެވޭނެއެވެ.

16 ނޮވެންބަރު 2021
ހޯދާ