މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
02 ކޮޓަރި އެޕާޓްމަންޓްގެ ވަށާފާރު ރޭނުން

މި އިޢުލާންވަނީ 16 ނޮވެންބަރު 2021 11:57 ގައި ބާތިލް ކުރެވިފައެވެ.


ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ބ.އަތޮޅު ކައުންސިލާއި ބ. އަތޮޅު ކޮންޒަވޭޝަން ފަންޑް ގުޅިގެން ތުޅާދޫގައި ގާއިމްކޮށްދީފައިވާ 2 ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭ ގޯތީގެ ވަށާފާރު ރޭނުމާއި، ދޮރާއި ދޮރުފަތް ހަރުކުރުމާއި، ސިމެންތިޖެހުމާއި، ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ބިޑު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

  • މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން އޮންނާނީ 16 ނޮވެންބަރު 2021 އިން 18 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރާނީ އިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާ "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހަޅުއްވައިގެން ނުވަތަ މި އިދާރާގެ ރަސްމީ އީމެއިލް [email protected] އަށް މެއިލް ކޮށްގެންނެވެ. މިފޯމް މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މިފޯމް މިއިދާރާގެ ކައުންޓަރުން ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 01:00 ށެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  • ބީލަމާގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 16 ނޮވެންބަރު 2021 ން ފެށިގެން 18 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00އާއި ދެމެދު [email protected] އަށް އީމެއިލް ކުރެއްވުމުން އެކަމުގެ މަޢުލޫމާތު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
  • ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2021 ނޮވެމްބަރ 30 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި މިއިދާރާގެ މީޓިންގ ރޫމް ގައެވެ.
  • ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ.  އެފަދަ ސިޓީއެއްނެތި ހުށަހަޅާ ބީލަން ބަލައެއް ނުގަނެވޭނެއެވެ.
  • މިމަސައްކަތާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600006 ނަންބަރު ފޯނާއެވެ.

                 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                11 ރަބީޢުލްއާޚިރު 1443

                                        

16 ނޮވެންބަރު 2021
ހޯދާ