ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސޮފްޓްވެއަރ ޓީމާއެކު މަސައްކަތްކުރާނެ ފްރަންޓް-އެންޑް ޑިވެލޮޕަރ ކޮންސަލްޓެންޓުން ހޯދުމަށް

އިޢުލާން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސޮފްޓްވެއަރ ޓީމާއެކު މަސައްކަތްކުރާނެ ފްރަންޓް-އެންޑް ޑިވެލޮޕަރ ކޮންސަލްޓެންޓުން ހޯދުމަށް ކުރެވުނު މިޑިޕާޓްމަންޓްގެ ނަންބަރު 198-F/2021/127 (29 ސެޕްޓެމްބަރ 2021) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފާނުވާތީ އެއިޢުލާން ބާޠިލްކޮށް ފްރަންޓް-އެންޑް ޑިވެލޮޕަރ ކޮންސަލްޓެންޓުން ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

މި މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. އަދި މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސްބޯޑުގެ އިޢުލާނާއި މަޢުލޫމާތު ޝީޓުގެ ބައިން ލިބެންހުންނާނެއެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް  ބޭނުންވާނަމަ، މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 20 ނޮވެމްބަރ 2021 ވަނަދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަންދާސީހިސާބު 24 ނޮވެމްބަރ 2021 ވަނަދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަގެ މެއިލް އެޑްރެސް [email protected] ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ރަބިއުލް އާޙިރް 1443

15 ނޮވެމްބަރ 2021

 
   
15 ނޮވެންބަރު 2021
ހޯދާ