މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެލައިޑް ހެލްތް ޕްރޮފެޝަނަލުންނަށް ތަޢުލީމާ ތަމްރީން ދޭ މަރުކަޒުތަކާއި ކޯސްތައް އެޕްރޫވްކުރުމާއި ބެހޭ

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް

   މާލެ

ދިވެހިރާއްޖެ.                            

 

                                              އިޢުލާން

 

އެލައިޑް ހެލްތް ޕްރޮފެޝަނަލުންނަށް ތަޢުލީމާ ތަމްރީން ދޭ މަރުކަޒުތަކާއި ކޯސްތައް އެޕްރޫވްކުރުމާއި ބެހޭ

އެލައިޑް ހެލްތް ޕްރޮފެޝަނަލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތަޢުލީމީ ފާސް ޤަބޫލްކުރުމުގެ މިންގަޑުތައް ކަނޑައަޅަނީ ޤާނޫނު ނަންބަރު 2015/13 ގެ 46 މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުންނެވެ. އަދި އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ދިވެހިރާއްޖޭގައި ހިނގާ ޞިއްޙީ ޚިދުމަތުގެ ފަންނުގެ ދާއިރާގެ ތަޢުލީމާ ތަމްރީންދޭ މަރުކަޒުތަކާއި އެ ތަންތަނުން ހިންގާ ކޯސް، އެލައިޑް ހެލްތް ޕްރޮފެޝަނަލުން ތަމްރީންކުރާ ކޯސް ގޮތުގައި އެކްރެޑިޓް ކުރުމަކީ މިކައުންސިލުގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނޭކަމެކެވެ.

ވީމާ އެލައިޑް ހެލްތް ޕްރޮފެޝަނަލުން ތަމްރީންކުރުމަށް އެއްވެސް ކޯހެއް ހިންގަންވާނީ މިކައުންސިލަށް ހުށަހަޅުއްވާ ހުއްދަ ލިބިގެންނެވެ. އަދި މިކައުންސިލްގައި ރަޖިސްޓްރީކުރާ ދާއިރާއަކުން ކިޔަވަން ހިޔާލުކުރާނަމަ އެކޯހަކީ ކައުންސިލުން ޤަބޫލްކުރާ ކޯހެއްތޯ ބެއްލެވުމަށް މިކައުންސިލަށް ހުށަހަޅުއްވާ ހުއްދަ ލިބިގަންނަންވާނެއެވެ.  

މިކައުންސިލުގެ އިއުލާން ނަންބަރު 144/23-OAA/1/2016/36 އަދި (IUL)23-MAHC/23/2018/214 ގައިވެސް ދެންނެވިފައިވާ ފަދައިން މިކައުންސިލުން ޤަބޫލު ނުކުރާ ތަޢުލީމްދޭ މަރުކަޒަކުން ފުރިހަމަ ކުރާ ކޯސްތަކަށް މިކައުންސިލުގެ ރަޖިސްޓްރޭޝަން ދޫނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

                                10 ރަބީއުލްއާޚިރު 1443

15 ނޮވެންބަރު 2021
ހޯދާ