މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސާރވޭ ކުރުމަށް އެނިއުމެރޭޓަރުން ހޯދުން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިޔަށް ގެންދާ ”އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑް (އެންދެރި)" މަޝްރޫއު ގެ ދަށުން،  ލާމުއަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ނޮލެޖް، އެޓިޓިއުޑް އެންޑް ޕްރެކްޓިސް (ކެޕް) ސަރވޭގައި ބައިވެރިވުމަށް  އެނިއުމަރޭޓަރުން ހޯދަން ބޭނުންވެއެވެ. 

މަޤާމް:                އެނިއުމަރޭޓަރ 

މުއްދަތު:               10 ދުވަހަށް 

ބޭނުންވާ ޢަދަދު:           07  

މުސާރަ:             2500.00ރ (ދެހާސް ފަސްސަތޭކަ ރުފިޔާ)  

މަސައްކަތްކުރާ ގަޑި:       ދުވާލަކު 08 ގަޑިއިރު 

އެލަވަންސް:           ސާރވޭ ކުރާ ދުވަސްތަކުގައި، ކެއުމާއި ދަތުރުފަތުރު އަދި ހުރުމުގެ ޚަރަދު ހަމަޖެއްސޭނެ 

މަސައްކަތް ކުރަންޖެހޭ ތަން: ހައްދުންމަތީ އަތޮޅުގެ ރަށްތަކުގައި 

ޝަރުތު:               ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. 

ސާރވޭ ކުރުމަށް ވަގުތު ހުސްކުރެވޭ ފަރާތަކަށްވުން.        

                  ސާރވޭ ކުރުމުގެ މަސައްކަތުގައި ކުރިން އުޅެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  

                               ކެޕް ސާރވޭ ހިންގުމުގެ އަމަލީ މަސައްކަތްތައްކުރުން 

ސާރވޭކުރުމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

                    1. މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން 

                    2. މަސައްކަތުގެ ތަޖުރިބާ 

                    3. މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލުކަމާއި އެހެނިހެން ސިފަތައް 

 

ހުށަހަޅަންޖެހޭ ލިޔުންތައް:  

                    1. ސާރވޭއަށް އެދި ހުށަހަޅާ ފޯމް 

   2. ސާރވޭއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 

                    3. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ (ޓްރާންސްކްރިޕްޓް އާއިއެކު) 

                    4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ 

 

ސާރވޭއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

                    1. މަސައްކަތާއި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން 

                    2. އިންޓަރވިއުގެ ނަތީޖާ 

 

ސާރވޭއަށް އެދެންވީ ގޮތާއި ސުންގަޑި: 

ސާރވޭއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުކިޔުންތައް ހަމަކޮށް، 22 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން، މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންތައްކަމުގައި ދަންނަވަމެވެ. 

އިތުރު މަޢުލޫމާތު ހޯދުން : އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު  3018328 ފޯނާއި ގުޅުއްވުން އެދެމެވެ. 

                                  15 ނޮވެންބަރު 2021 

 

15 ނޮވެންބަރު 2021
ހޯދާ