ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޭމަންޓާއި ގުޅޭ

ޑިޒައިން އެންޑް ބިލްޑް އޮފް ފުވައްމުލައް ސިޓީ އިންޓަރނަލް ރޯޑްސް ޕްރޮޖެކްޓުގެ މަސައްކަތުގެ ތެރެއިން ގިނަ މަގުތަކެއްގައި މިހާރު ޕޭމަންޓް ހަދާ ނިމިފައިވާއިރު، ޕޭމަންޓު މައްޗަށް އެއްގަމު އުޅަނދުފަހަރު އެރުމުގެ ސަބަބުން ޕޭމަންޓް ހަލާކުވާކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ. އެހެންކަމުން މިގޮތަށް ޕޭމަންޓް މައްޗަށް ދުއްވާ އެއްޗެހި އެރުވުމަކީ މަނާކަމެކެވެ. އަދި މިގޮތަށް ޢަމަލުކުރާ ދަތުރުތަކާއިމެދު ފިޔަވަޅު އަޅަމުންދާނެ ވާހަކަ ދަންނަވަމަވެ.

މިފަދަ ޕްރޮޖެކްޓްތަކަކީ އާންމު ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތަކަކަށްވާއިރު މިފަދަ ތަންތަނަށް ގެއްލުންލިބޭފަދަ ކަންކަމުން ދުރުހެލިވެ ތިބުމަކީ ހުރިހާ ރައްޔިތުންނާއި، މުޢައްސަސާތަކާއި ކުންފުނިތަކަކުންވެސް ސަމާލުކަން ދޭންޖެހޭ ކަމެއްކަމުގައި ފާހަގަ ކުރަމެވެ.

15 ނޮވެންބަރު 2021
ހޯދާ