ކުޅުދުއްފުށީ ކެމްޕަސް/ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެމް.އެން.ޔޫ ކުޅުދުއްފުށި ކެމްޕަސް: ދެވަނަ ޓާރމުގެ ފައިނަލް އިމްތިހާނަށް އިންވިޖިލޭޓަރުން ހޯދުމަށް

އެގްޒާމް އިންވިޖިލޭޓަރ

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ޓަރމްގެ ފައިނަލް އިމްތިޙާނު ހދ.ކުޅުދުއްފުށި ކެމްޕަހުގައި ބޭއްވުމަށް އިންވިޖިލޭޓަރުން ބޭނުންވެއެވެ.

މަޤާމު:

އެގްޒާމް އިންވިޖިލޭޓާރ

ބޭނުންވާ އަދަދު:

05

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ހދ.ކުޅުދުއްފުށި ކެމްޕަސް

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުުގެ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން
  • ޢުމުރުން 18 އަހަރު ފުރިފައިވުން
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން
  • އިމްތިޙާނުގެ ކެނޑިޑޭޓެއް ކަމުގައި ނުވުން
  • އިމްތިޙާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން

ނޯޓް: މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި ބަލާނެ މައިގަޑު ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ 04 ޑިސެމްބަރ 2021 އިން 18 ޑިސެމްބަރ 2021 އަށް، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހުއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތައް:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ސުންގަޑި:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ 22 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ނުވަތަ ކުޅުދުއްފުށި ކެމްޕަހުގެ އޮފީހަށް  ނުވަތަ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ.

ހުށައަޅަންޖެހޭ ލިޔުންތައް:

  • އިންވިޖިލޭޓަރުކަން ކުރުމަށްއެދި ހުށަހަޅާ ފޯމް (މި ފޯމް ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ކުޅުދުއްފުށި ކެމްޕަހުގެ އޮފީހުންނާއި ތިރީގައިވާ ލިންކް އިން ލިބެންހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-1.pdf

  • - ވަނަވަރު (ސީވީ)
  • - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • - ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 ނުވަތަ 3345227 އަށެވެ.

 

15 ނޮވެމްބަރ 2021

                              

15 ނޮވެންބަރު 2021
ހޯދާ