މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުރައިދޫގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 15 ނޮވެންބަރު 2021 10:57 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

                 ކ. ގުރައިދޫގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު (IUL)338-MS/338/2021/34 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ޝީޓާއި އިޢުލާނުގައި ހުރި ބައެއް މަޢުލޫމާތުތަކަށް ބަދަލުގެނައުމަށް އެ އިޢުލާން ބާތިލް ކޮށް އަލުން އެމަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.

 

މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 ނޮވެންބަރ 2021 ވާ ބުދަ ދުވަހު 11:00 އަށް ކައުންސިލްގެ އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބާއި ގުޅޭ މައުލޫމާތު ޝީޓު މި އިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްވާނެވާހަކަ ދަންނަވަމެވެ.

 

                 މިމަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ އީމެއިލް [email protected]   އަށް ނުވަތަ ފޯން ނަމްބަރު: 6640072 އަށް ގުޅުއްވުމަށްވެސް ދަންނަވަމެވެ.

 

                 މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

 

 

 

15 ނޮވެންބަރު 2021
ހޯދާ