އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުން

މި އިދާރާގެ ނަންބަރު (IUL)426-AB/426/2021/406  (28 އޮކްޓޫބަރ 2021)  އިޢުލާނުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ހިތަދޫ އަވަށުގައި ގާއިމުކޮށްފައިވާ "ސިޓީ ބާޒާރު" ގެ ފިހާރަތަކުން ހުސްވެފައިވާ 08 ފިހާރަ އާއި ސިޓީ ބާޒާރުގެ އެކްސްޓެންޝަން ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ 2 ފިހާރައާއި ރެސްޓޯރަންޓް ކުއްޔަށް ދޫކުރުމަށް ދެވުނު މަޢުލޫމާތު ކަރުދާސްގެ 4 ވަނަ ނަމްބަރުގެ 3 ވަނަ ޕޮއިންޓް އުނިކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިސްލާޙު ގެނެވުނު މަޢުލޫމާތު ކަރުދާސް މި އިދާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

 މި ބަދަލާއިއެކު ޕްރޮޕޯސަލް ހުށަހަޅަން އޮތް ތާރީޚް މިދަންނަވާ ގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ޕްރޮޕޯސަލް ހުށަހެޅުން

17 ނޮވެމްބަރ 2021 ބުދަ، 10:00 އައްޑޫސިޓީ ކައުންސިލް އިދާރާ

 

ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

09 ރަބީޢުލްއާޚިރް  1443

14 ނޮވެންބަރު 2021
ހޯދާ