އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
- އައްޑޫ ސިޓީގައި ހުންނަ މި އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީސް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 23 ނޮވެންބަރު 2021 17:21 ގައި ބާތިލް ކުރެވިފައެވެ.


 

އައްޑޫ ސިޓީގައި ހުންނަ މި އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީހުގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 

-          އޮފީސް އިމާރާތުގެ ބޭރުގައި އަދި ވަށާފާރުތަކުގައި ކުލަލުން.

-          އޮފީހުގެ 3 ދިދަ ދަނޑީގައި ކުލަލުން.

-          އޮފީހުގެ އެކޮމޮޑޭޝަން ބްލޮކަށް ބޭރުން ވަދެވޭގޮތަށް ހުރި ދޮރު ހަލާކުވެފައިވާތީ ދޮރު ބަދަލުކުރުން.

-          އޮފިހުގެ ހުޅަނގު ފަރާތުން ވަދެވޭ ގޮތަށް ހުރި ދޮރު ހަލާކުވެފައިވާތީ ދޮރު ބަދަލުކުރުން.

-          އޮފީހުގެ ސްޓޯރ ރޫމުގެ ފުރާޅުގެ ދިޔަދޮވި ހަރުކޮށްފައިވާ ނަލަފިލާ ފީވެފައިވާތީ ފިލާ ބަދަލުކުރުމާއި އަދި ދިޔަދޮވިން ފައިބާ ފެން އޮފީހުގެ ގޯތިތެރެއަށް ފައިބާނެ ގޮތަށް ހެދުން.

-          އޮފީހުގައި ކުރިން ޖަންކްޝަންގެ ގޮތުގައި ބޭނުންކުރަމުން އައި 4.5 ފޫޓުގެ 4 ޖަންކްޝަން ވަޅާއި 2.5 ފޫޓުގެ 1 ޖަންކްޝަން ވަޅު ނަގައި އެތަނަށް ވެލި އެޅުން.

ނޯޓް: ކުލަ ލާންޖެހޭ ފާރުތަކުގެ މިން ކަށަވަރުކުރާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ ފަރާތުންނެވެ.

 

      ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2021 ނޮވެމްބަރ 21 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ އިމާރާތަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 2021 ނޮވެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ އިމާރާތަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި 11:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

 

14 ނޮވެންބަރު 2021
ހޯދާ