މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެ އެތެރެކޮށް ވިއްކާ އެންމެހައި ބޭހަށް މެކްސިމަމް ރިޓެއިލް ޕްރައިޒް ކަނޑައެޅުމާއި ގުޅޭ

އިޢުލާން

ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ބޭނުންކުރާ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ "މެކްސިމަމް ރިޓެއިލް ޕްރައިޒް"  (އެމް.އާރު.ޕީ) ކަނޑައަޅަންވާނެ ކަމުގައި ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 29/2015) ގެ 63 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާތީ، ރާއްޖެ އެތެރެކޮށް ވިއްކާ އެންމެހައި ބޭހަށް މެކްސިމަމް ރިޓެއިލް ޕްރައިޒް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

މެކްސިމަމް ރިޓެއިލް ޕްރައިޒެއް ކަނޑައެޅުމުގައި ބޭސް ގަންނަ އަގަށް ( އެފް.އޯ.ބީ ނުވަތަ ކޮސްޓް ޕްރައިޒްއަށް) ބޮޑުވެގެން ލެވޭނީ 0 (އެއްސަތޭކަ އިންސައްތަ) ގެ މާކްއަޕެކެވެ. މިގޮތުން ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ ހުރިހާ ބޭސް ތަކަށް މެކްސިމަމް ރިޓެއިލް ޕްރައިޒް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ (02) ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި  ރާއްޖެ އިމްޕޯރޓްކޮށް ވިއްކާ ހުރިހާ އަސާސީ ބޭހަކަށް، 1 ޖެނުއަރީ 2022 އިން ފެށިގެން މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ ފިޔަވަހީގައި، ރާއްޖެއަށް އިމްޕޯރޓްކޮށް ވިއްކާ ހުރިހާ ބޭހަކަށް، މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރާނެއެވެ. ދެވަނަ ފިޔަވަހި ތަންފީޒު ކުރާނީ 2022 ވަނަ އަހަރުގެ މެދު ތެރޭގައެވެ.

ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކާއި ޢާއްމުން މިކަމަށް ތައްޔާރުވުމަށް ޓަކައި އަސާސީ ބޭސް ލިސްޓް، މެކްސިމަމް ރީޓެއިލް ޕްރައިޒް އާއެކު މިމުއްދަތުގެ ކުރިން މި މިނިސްޓްރީއިން ޢާއްމު ކުރާނެއެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެޑިސިން ހޮޓްލައިން 7200321 އަށް ގުޅުއްވުން އެދެމެވެ.

08 ރަބީއުލް އާޚިރު1442 ހ.

14 ނޮވެންބަރު 2021
ހޯދާ