އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

 

ތާރީޚް: 14 ނޮވެންބަރު 2021

ނަންބަރު: 486/1/2021/1032(IUL)

 

އިޢުލާނު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން އަދި ގްރޭޑް

އޮފިސަރ ގރ.1

ރޭންކް

އޯޓީޖޭ އެސް 3

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ކޯޕަރޭޓް ސަރވިސް ޑިޕާރޓްމަންޓް

މުސާރަ:

10,700/-ރ (ދިހަހާސް ހަތްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

5,500/- ރ (ފަސްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އަހަރީ ރިޕޯޓްގެ މަސައްކަތްތައް ރާވާ ހިންގުން

2- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ހަދަންޖޭހޭ އިދާރީ އުސޫލުތައް ދެނެގަނެ، އެކަމާ ގުޅޭގޮތުން ދޭންޖެހޭ ލަފައާއި އިރުޝާދު ޑިރެކްޓަރަށް ދިނުމާއި، އަދި އިދާރީ އުސޫލުތައް އެކުލަވާލުމަށް ކުރަންޖެހޭ މަަސައްކަތްތައް ކުރުން

3- އެއްގަމާއި، ކަނޑާއި، ވައިގެމަގުން  އަތޮޅުތެރެއަށް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރަންޖެހޭ އަދި ރާއްޖޭއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ރާވާ ހަމަޖެއްސުމާއި އިދާރީ އިންތިޒާމުތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މުޢާމަލާތްތައް ކުރުން

4- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މެއިންޓަނަންސްގެ އެންމެހާ މަސައްކަތްތައް ކުރުން

5- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް އަންނަ އަދި ފޮނުވާ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުމުގެ ނިޒާމެއް ޤާއިމުކޮށް ބެލެހެއްޓުން

6- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެެ މަސައްކަތްތަކަށް އެކި ފަރާތްތަކާއެކު ހަދަންޖެހޭ އެގްރީމަންޓް ތަކާއި ގުޅޭ މަސައްކަތް ކުރުން

7- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އަހަރީ ބަޖެޓް ހެދުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން 

8- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މާލީ ބަޔާން ތައްޔާރުކުރުމުގައި އިސް ރޯލެއް އަދާ ކުރުން

9- ބަޖެޓާއި ބެހޭގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ރިޕޯޓުތައް ތައްޔާރު ކުރުމުގެ މަަސައްކަތްތައް ކުރުން

10- ރިސެޕްޝަނަށް އަންނަ ކޯލްތަކާއި ލިޔެކިޔުންތައް ބަލަހަށްޓައި ކަމާބެހޭ ޑިޕާރޓްމަންތަކަށް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން

11- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންޓާރނަލް އޯޑިޓް ހެދުމަށް އެހީތެރިކަން ފޯރުކޮށް ދިނުން

12- އަދި މިނޫންވެސް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

މަސައްކަތާއި ގުޅޭ ދާއިރާ: ފައިނޭންސް، އެކައުންޓިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ނުހިމަނާ ހުންނަ އެޕްލިކޭޝަންތައް ބާތިލްވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3. ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.
  4. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.

ސުންގަޑި:

  23 ނޮވެންބަރު 2021 ގެ 14:00

އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އެހެނިހެން:

  1. މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 10 ފަރާތެވެ.
  2. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާނަމަ އެ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.
  3. މަތީގައިވާ މަޤާމުގެ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދިނުމަށް ނިންމިދާނެއެވެ.
  4. އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  5. އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕަރސަނެއްގެ ނުވަތަ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  6. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  7. އެޕްލިކޭޝަން ފޯމު މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223473

އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                              09 ރަބީޢުލްއާޚިރް 1443

14 ނޮވެންބަރު 2021
ހޯދާ