ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ކުނިކޮށި ބޭނުންކުރާ ފަރާތްތަކުގެ ސަމާލުކަމަށް

އިޢުލާން

ކުޅުދުއްފުށީ ކުނިކޮށި ބޭނުންކުރާ ފަރާތްތަކުގެ ސަމާލުކަމަށް

 

ކުޅުދުއްފުށި ސިޓީ ކުނިކޮށި ހުސްކުރުމުގެ ޕްރޮޖްކްޓެއް ވެމްކޯއާއި ހަވާލުކުރެވިގެން ކުރިއަށްދާތީ، ކުނިކޮށި ސަރަހައްދުގައި ގިނަ އަދަދެއްގެ ހެވީވެހިކަލްތައް ދަނީ ހަރަކާތްތެރިވަމުންނެވެ. އެހެންކަމުން ކުނިކޮށްޓަށް ކުނި އުކާލުން ފިޔަވައި އެހެން އެއްވެސް ބޭނުމަކަށް ވަދެ އުޅުމަކީ މަނާކަމެއްކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. އަދި ކުނި އުކާލަން ވަންނަ ފަރާތްތަކުންވެސް އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކާއި މަގުތައް ބޭނުންކުރުމަށް މި ފުރުޞަތުގައި އިލްތިމާސް ކުރަމެވެ. މި އެންގުމާއި ހިލާފަށް ކުނިކޮށި ބޭނުންކުރާ ފަރާތްތަކަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވެވެން ނެތްކަން ނުހަނު ހިތާމައާއެކު ދަންނަވަމެވެ.

އާންމު ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންގޭ މިފަދަ އެންގުންތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުން މިފުރުޞަތުގައި ފާހަގަކުރަމެވެ.

 

‏09‏ ރަބީޢުލްއާޚިރު‏ 1443

‏14‏ ނޮވެމްބަރ‏ 2021

 

 

 

 

14 ނޮވެންބަރު 2021
ހޯދާ