ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މާލެ ސިޓީގައި މިއޮފީހުގެ އެއްގަމު ދަތުރުތައް، 04 (ހަތަރެއް) އަހަރުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

(IUL)196-C/1/2021/76 :ނަންބަރު                                              

 

                                  އިޢުލާން

 

މިއޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް މާލެ ސިޓީގައި މިއޮފީހުގެ އެއްގަމު ދަތުރުތައް، 04 (ހަތަރެއް) އަހަރުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)196-C/1/2021/71 (02 ނޮވެންބަރު 2021) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަމުގައި ރަޖިސްޓްރީވެފައި ނުވާތީ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލައި އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2021 ނޮވެންބަރު 22 ވާ ހޯމަ ދުވަހުގެ 11:30 އަށް މިއޮފީހަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 ނޮވެންބަރު 29 ވާ ހޯމަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު، މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ. 

 

                                09 ރަބީޢުލްއާޚިރު 1443

14 ނޮވެންބަރު 2021
ހޯދާ