ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އުޞޫލު 2021 އާންމުކުރުން

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ޏ) އަށް ރިޢާޔަތްކޮށް، ލޯކަލް ކައުންސިލް އިދާރާތަކުގެ ސިވިލް ސަރވިސްގެ އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރާ ސެކްރެޓަރީ ޖެނެރަލުންގެ މަސައްކަތުގެ ފެންވަރު ބެލުމުގައި ބައިވެރިވާނެ ފަރާތްތަކާއި، މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ މިންގަނޑުތަކާއި ހަމަތައް ބަޔާންކޮށް އެކުލަވާލާފައިވާ "ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އުޞޫލު 2021" މި ސަރކިއުލަރއާއެކު އާންމުކުރަމެވެ. މި އުޞޫލަށް އަމަލުކުރަން ފަށާނީ 2022 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެންނެވެ.

 ވުމާއެކު، 2022 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރިޔަށް ގެންދެވޭނީ މި އުޞޫލާ އެއްގޮތަށް ކަމުގައި ދަންނަވަމެވެ. އަދި މި އުޞޫލު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް އިން ޑައުންލޯޑްކުރެވޭނެ ކަމުގައި ވެސް ދެންނެވީމެވެ.                                         

10 ނޮވެންބަރު 2021
ހޯދާ