ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ބާ އިމްތިޙާނުގެ ސުވާލު ކަރުދާސް ތައްޔާރުކުރުމަށް އައިޓަމް ރައިޓަރުން ހޯދުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމްކުރާ ބާ އިމްތިޙާނަށް ބޭނުންވާ ސުވާލުތައް ތައްޔާރުކުރުމަށް އައިޓަމް ރައިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކަށް މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ. 

މަޤާމު / މަސައްކަތް

އައިޓަމް ރައިޓާރސް

ސުވާލުތައް ތައްޔާރުކުރުމަށް ބޭނުންވާ ދާއިރާތައް

  • ކޮންސްޓިޓިޔުޝަނަލް / ޕަބްލިކް ލޯ
  • ކޮންޓްރެކްޓް ލޯ
  • ކްރިމިނަލް ލޯ
  • ޓޯޓް ލޯ
  • ލޭންޑް/ ޕްރޮޕަރޓީ ލޯ
  • މޯލްޑިވިއަން ލީގަލް ސިސްޓަމް

އަސާސީ ޝަރުތުތައް:

  • ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން
  • ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކުކަމުގައިވުން
  • ޤާނޫނީ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ އަދި
  • ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙާތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން

މަސްއޫލިއްޔަތުތައް:

ބާ ކައުންސިލުން ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށް  އިމްތިޙާނުގެ ސުވާލުތައް ތައްޔާރުކުރުން

މުސާރަ އާއި އެލަވަންސް:

މިއީ މުސާރައެއް ކަނޑައެޅިފައިވާ މަޤާމެއް ނޫނެވެ. ނަމަވެސް މި މަސައްކަތަށް ހޮވޭ ފަރާތްތަކުން ތައްޔާރުކުރާ ސުވާލުތަކަށް އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

އައިޓަމް ރައިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، ވަނަވަރާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އަޕްލޯޑް ކުރެއްވުން އެދެމެވެ.

ގޫގްލް ފޯމް: https://forms.gle/b6hQqFdBEWfAGShU7

ސުންގަޑި:

18 ނޮވެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 23:59 ކުރިން

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމަށް ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

10 ނޮވެންބަރު 2021
ހޯދާ