މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖުކުރާ މަރުކަޒު މަރާމާތުކޮށް އިދާރީ އޮފީސްބަޔަކާއި މެޝިންރޫމެއް ހަދައިދޭނެ ފަރާތެއް ހޯދުން

މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކުނިމެނޭޖުކުރާ މަރުކަޒު  މަރާމާތުކޮށް، އިދާރީ އޮފީސް ބަޔަކާއި މެޝިން ރޫމެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް 24 އޮކްޓޫބަރު 2021 ގައި ކުރެވުނު އިޢުލާން ނަންބަރު (IUL)293/293/2021/24 އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން،ބީލަމުގައި ބައިރިވުމަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވައި 10 ނޮވެންބަރު 2021 ވާ ބުދަ ދުވަހުން ފެށިގެން 15 ނޮވެންބަރު 2021 ވާ ހޯމަ ދުވަހުގެ  މެންދުރުފަހު 14:00 ގެ  ނިޔަލަށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން ވެސް ލިބިވަޑައިގަންނަވާނެ އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ21 ނޮވެންބަރު  2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ގައި މި ކައުންސިލްގެ އިދާރާގައެވެ.

                  މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި އިއުލާނާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 16 ނޮވެންބަރު 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މި އިދާރާގައި އޮންނާނެއެވެ. އިތުރު މައުލޫމާތެއް ބޭނުންފުޅުވާ ނަމަ 15 ނޮވެންބަރު 2021 ވާ  ހޯމަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުމުން ވެސް އެ މައުލޫމާތެއް ސާފުކޮށްދެވޭނެއެވެ. 

 

                 

10 ނޮވެންބަރު 2021
ހޯދާ