ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

މިރަށުގައި އަލަށް ޤާއިމްކުރާ ވޮލީ ކޯޓްއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުކަމުގައިވާ ޣާޒީމަގުގެ އުތުރުން ބަށިކޯޓާއިންވެގެން އިރުން ހުރި ( 01 ން 70 އަށް ގަދަނޫކުލައި ދަވާދުން ނަންބަރުޖަހާފައިވާ ) 70 ރުއްގަހުގެ ވެރިފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                  މިރުއްގަހުގެ ވެރިފަރާތްތަކުން 22 ނޮވެންބަރު 2021 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ރުއްގަހުގެ ބަދަލުފައިސާ ހޯދުމާއި ، ރުއްގަހުގެ ބަދަލުފައިސާ ލިބުމަށް އެދޭ ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ބަދަލުފައިސާ ހޯދުމަށް އެދޭ ފޯމް މިއިދާރާއަށް ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ވެރިފަރާތްނުވާ ރުއްގަހަކީ ރައްޔިތުންގެ ރުއްގަސްކަމުގައި ބަލައިގަނެވޭނެ ވާހަކަ މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.  

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. 

                  05 ރަބީޢުލްޢާޚިރާ  1443

                  10 އޮކްޓޫބަރު    2021

10 ނޮވެންބަރު 2021
ހޯދާ