ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ ޔޫތު ޗެލެންޖް ފުޓްބޯޅަމުބާރާތުގައި ބައިވެރިވުމާއި ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅޭ

ދ. ބަނޑިދޫގެ ދެޖިންސްގެ ޒުވާނުނަށް އަމާޒުކޮށްގެން ފުޓްބޯޅަ އަދި ފުޓްސަލް ކުޅުމުގެ ފޯރި އިތުރުކުރުމާއި އެކުވެރި ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމާއި ދ. ބަނޑިދޫއިން ހުނަރުވެރި މޮޅު ފުޓްބޯޅަ ކުޅުންތެރިން އަދި ފުޓްސަލް ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ ބަނޑިދޫ ޔޫތު ޗެލެންޖްގެ ނަމުގައި ފިރިހެން ބޭފުޅުނަށް ފުޓްބޯޅަ މުބާރާތެއް އަދި އަންހެން ކަނބަލުނަށް ފުޓްސަލް މުބާރާތެއް މިއަންނަ ޑިސެމްބާރ މަހު ފަހުކޮޅު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.   

                       މި 2 މުބާރާތުގައި ބައިވެރިވެވޭނީ ދ. ބަނޑިދޫއަށް ނިސްބަތްވާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށާއި އަދިކައުންސިލުން ދަޢުވަތުދީގެން ބައިވެރިވާ ފަރާތްތަކަށެވެ. މި 2 މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ޓީމް ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް ފުރުއްވުމަށްފަހު ހުށައެޅުވުން އެދެމެވެ. ފޯމް ހުށައަޅާނީ ފޯމްގައިވާ މައުލޫމާތު ފުރިހަމަކުރުމަށް ފަހު 30 ނޮވެމްބަރ 2021 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިންނެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 19 ޑިސެމްބަރ 2021،  12:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. ފޯމް ހުށައަޅާނީ މި އިދާރާއަށެވެ. ޓީމް ރަޖިސްޓްރީކުރަން އެދޭ ފޯމާއި ކުޅުންތެރިންނާއި އޮފިސަލުން ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް އަދި މުބާރާތުގެ ހިންގާ ޤަވައިދު 16 ނޮވެމްބަރ 2021 އިންފެށިގެ މިއިދާރާގެ ކައުންޓަރުން އަދި މި އިދާރާގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

                       މި 2 މުބާރާތް ސްޕޮންސަރ ކުރުމަށް އެދޭ ފަރާތްތަކުން 1 ޑިސެމްބަރ 2021،  ވަނަ ދުވަހުގެ 13:00 ގެ ކުރިން ސިޓީ އަކުން އެދި ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގެ ޓައިޓަލު ދެވޭނީ އެންމެ މަދުވެގެން 85000ރ (އައްޑިހަ ފަސްހާސް ރުފިޔާ) ހުށައަޅާ ފަރާތަކަށެވެ. މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި އެކި ދާއިރާތައް ވަކިވަކިން ހުށައެޅިދާނެއެވެ.

10 ނޮވެންބަރު 2021
ހޯދާ