ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ބަނދަރު ސަރަހައްދުގައި ހދ ފިނޭ ރަމްޒުކޮށްދޭ ގޮތައް ބެހެއްޓޭ މޮނިއުމަންޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ހދ.ފިނޭ ބަނދަރު ސަރަހައްދުގައި ހދ. ފިނޭ ރަމްޒުކޮށްދޭ މޮނިއުމަންޓެއް މި ކައުންސިލުން ހުށަހަޅާ ޑިޒައިންއާ އެއްގޮތައް، އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި ކައުންސިލްގެ ނަންބަރު (IUL)259/2021/68 (23 ސެޕްޓެމްބަރ 2021) އިޢުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

            ވީމާ  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ނޮވެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށްދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 ނޮވެންބަރު 28 ވާ އާދީއްތަ ދުވަހުގެ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.

            މި މަސައްކަތަށް އެދި ކުރިމަތިލެވޭނީ މިނިސްޓުރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެންފަރާތަކަށް ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.  މީގެ އިތުރުން ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓް ގެ ރަޖިސްޓުރީ ކޮޕީ ގެ އިތުރުން ވަޑައިގަންނަވާ ފަރާތެއްގެ އައިޑީ ކާޑް ކޮޕީ ހުށަހަޅުއްވަންވާނެއެވެ.  މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފާރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

                   

10 ނޮވެންބަރު 2021
ހޯދާ