ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ ފިނޭ ރައްޔިތުންގެ ގެސްޓްހައުސް ތަޅައި އުކާލަދޭނެ ފަރާތެއް ހޯދުމަށް

            ހދ ފިނޭ ރައްޔިތުންގެ ގެސްޓްހައުސް މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ތަޅައި އުކާލަ ދޭނެ ފަރާތެއް ހޯދަން ބޭނުންވެ، ކުރި ކައުންސިލްގެ ނަންބަރު (IUL)259/2021/71  (01 ނޮވެންބަރު 2021) އިޢުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

            ވީމާ  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި އިދާރާއަށްދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ނޮވެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުމަށްދަންނަވަމެވެ.

            މި މަސައްކަތަށް އެދި ކުރިމަތިލެވޭނީ މިނިސްޓުރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެންފަރާތަކަށް ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.  މީގެ އިތުރުން ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓް ގެ ރަޖިސްޓުރީ ކޮޕީ ގެ އިތުރުން ވަޑައިގަންނަވާ ފަރާތެއްގެ އައިޑީ ކާޑް ކޮޕީ ހުށަހަޅުއްވަންވާނެއެވެ.  މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފާރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނަވަމެވެ.

10 ނޮވެންބަރު 2021
ހޯދާ