މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިމެނޭޖްކުރުމަށް ޕިކަޕެއް ހޯދުން

 

 

އިޢުލާން

ކުނިމެނޭޖްކުރުމަށް ޕިކަޕެއް ހޯދުން

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަރމަންޓް، ކްލައިމެޓް ޗޭންޖް އެނޑް ޓެކްނޮލަޖީގެ އިން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަރމަންޓް ޕްރޮޖެކްޓާ ގުޅިގެން ނ.ހެނބަދޫގެ ކުނިމެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ފޯރުކޮށްދެއްވާ އެހީގެދަށުން މިކައުންސިލަށް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ ޕިކަޕް ސަޕްލައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކައުންސިލުން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާއެކު އާންމުކުރެވިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަށް ފުރިހަމަކޮށް ހުށަހަޅަން ވާނެއެވެ. ބީލަންފޮތް މި އިއުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި މިކައުންސިލާއި ގުޅުއްވުމުން ބޭނުންވާ ފަރާތްތަކަށް އީމެއިލް ޒަރިއްޔާއިން ފޮނުވޭނެއެވެ. އަދި ބީލަންފޮތް މި އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

މި އިއުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ނޮވެމްބަރ 2021 ން ފެށިގެން 23 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ނުވަތަ ފޯނުން ގުޅައި ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރީ ކުރުމަށް މި އިދާރާގެ ނަންބަރ 6560018 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުން އެދެމެވެ.

ޕްރީ ބިޑް ބައްދަލުވުން

ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވެވޭނީ އެކަމަށް އެދި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަށް އެކަންޏެވެ. ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހު 13:05 ގައި ކައުންސިލް އިދާރާ މީޓިން ރޫމްގައެވެ. ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރި ނުވިކަމުގައިވިޔަސް ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ކޮށްފައި ނުވާނަމަ ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތަށް ހުންނަންވާނީ ސިޓީ އުރައިގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރު ގައި މި ދަންނަވާ މަޢުލޫމާތު ހިމަނާން ޖެހޭނެއެވެ. (ހ) މަސައްކަތުގެ ނަން، (ށ) އިޢުލާނު ނަންބަރު، (ނ) ބީލަން ހުށަހަޅާ ފަރާތުގެ ނަން. ބީލަމުގެ މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 01 ޑިސެންބަރ 2021 ވާ ބުދަ ދުވަހު 13:00ގައި މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާގެ މީޓިން ރޫމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވާނަމަ އިއުތިރާޒެއްނެތް ކަމުގެ ލިއުން ހުށަހަޅަން ވާނެއެވެ. އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ [email protected] މި އިދާރާގެ އީމެއިލްއަށް  ނުވަތަ ފޯން ނަމްބަރަށް 6560018 ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އެންގުމަށްޓަކައި އާންމުކޮށް އިއުލާންކުރަމެވެ.

                                05 ރަބީޢުލްއާޚިރް 1443 

                                  10 ނޮވެމްބަރ 2021

 

                                           ހުސައިން އަބޫބަކުރު

                                         ހެނބަދޫ ކައުންސިލްގެ ރައީސް

 

 

 

 

10 ނޮވެންބަރު 2021
ހޯދާ