މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެއަރ ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގައި ބޭއްވުމުގެ ހުއްދަ ދޫކުރުމާއި ގުޅޭ.

          ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގައި ބާއްވާނެ ގޮތުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ބެއްވުމުގެ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ފެއަރ ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު މާލޭ ސިޓީގައި ހިމެނޭ މާލެ، ވިލިމާލެ، ހުޅުމާލޭގައި ބާއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މާލޭ ސިޓީ ކައުންސިލަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގައި ބޭއްވުމުގެ ހުއްދައަށް އެދޭ ފޯމް މާލޭ ސިޓީ ކައުންސިލުން ލިބެން ހުންނާނެއެވެ.

1.     ފުރިހަމަ ނަން (ވިޔަފާރި ނުވަތަ ޖަމިއްޔާގެ ރަޖިސްޓަރީގައި ވާގޮތަށް)

2.     ރަޖިސްޓަރީ ނަންބަރު

3.     މާރކެޓް ބާއްވާ މުއްދަތު ފެށޭ ތާރީޚް އިން ނިމޭ ތާރީޚް

4.     މާރކެޓް ބާއްވާ ތަނުގެ ނަން ނުވަތަ ނިސްބަތްވާ ތަނުގެ ނަމާއި، އެތަން ނުވަތަ ސަރަޙައްދު އެފަރާތަކަށް ލިބިފައިވާ ކަމުގެ ލިޔުން.

5.     މާރކެޓް އިންތިޒާމް ކުރުމާއި، ހިންގުމުގައި ޒިންމާވާ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ފުރިހަމަ ނަމާއި، މިހާރު ދިރިއުޅޭ އެޑްރެސް އަދި އައި.ޑީ ކާޑުގެ ކޮޕީ.

6.     ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލުކުރާނެ އުސޫލަށް ޢަމަލު ކުރާނެކަން ބަޔާންކޮށް ސޮއިކޮށްފައިވާ އިޤްރާރު.

            ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 10:00 13:00 އަށް އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިންގ 04 ވަނަ ފަންގިފިލާގައިވާ މާލޭ ސިޓީ ކައުންސިލްގެ އެޑްމިނިސްޓްރޭޝަން ސެކްޝަން އިންނެވެ.

            ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

            04 ރަބީޢުލްއާޙިރު 1443

            09 ނޮވެމްބަރ   2021

09 ނޮވެންބަރު 2021
ހޯދާ