ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 19 ވަނަ ޖަލްސާގެ ނިންމުން

 

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 19

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

9 ނޮވެމްބަރ 2021

ބައްދަލުވުން ބޭއްވި ގަޑި:

10:33

 

ނިންމުންތައް

  1. ކައުންސިލަށް ލަފާދޭ ކޮމެޓީގެ ނިންމުމާއިއެގޮތައް ވަންދޫ ސްކޫލްގެ އުތުރުފަރާތުން އަތިރިމައްޗާއިވީ ސަރަހައްދަކީ ކުޑަކުދިންގެ ޕާކު އަޅާނޭ ސަރަހައްދުގެ ގޮތުގައިނިންމުނު އަދި ޕާކާއިގުޅިގެން އިދާރީގެތުން ކުރަންޖެހޭ ކަންކަން ވީއެންމެ އަވަހަކަށް ނިންމުމަށް.
  2. މ. ފެއަރީކޯނަރ އިބްރާހީމް އަޙްމަދު ރަށުގެ މަސްޖިދުލް ފަތަޙްމިސްކިތުގެ ގޯތިތެރޭގައި ފާޚާނާއެއް ހެދުމަށާއި ރަށުގައި ހިނަވާގެއް އެޅުމަށް ހުށަހަޅާފައިވާ މައްސަލައިގައި ފަތަހަ މިސްކިތުގެ  ދެކުނުން މިސްކިތުގެ ކުރިމަތީގައިވާ ސަރަހައްދުގައި ފާޚާނާއެއް އަޅަން ނިންމުމާއި ފަތަހަ މިސްކިތުގެ އިރުމަތިން ދިރާގު ސައިޓާއި އިންވެގެން އުތުރަށްވާ ސަރަހައްދުގައި ހިނަވާގެއެއް އެޅުމަށް ނިންމުމާއި މިމަސައްކަތްތަކަށް ކައުންސިލުން ދޭންޖެހޭ އެންމެހައި އެއްބާރުލުން ދިނުމަށް ނިންމުނު އަދި މިދެސަރަހައްދުގެ އިންވަކިކޮށް މިހަފްތާގައި ސިޓީއަށް ޖަވާބެއް ދިނުމަށް ނިންމުނު.

 

 

އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

09 ނޮވެންބަރު 2021
ހޯދާ