މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ވަޒީފާތަކަށް ބޭނުންވާ ބިދޭސީން ގެނައުމާއި އެމީހުންގެ ވަރކް ވިސާއާއި ގުޅޭ އެންމެހާ ކަންތައްތައް ކޮއްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

1. ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު 

މިކުންފުނީގެ ވަޒީފާތަކަށް ބޭނުންވާ ބިދޭސީން ގެނައުމާއި އެމީހުންގެ ވަރކް ވިސާއާއި ގުޅޭ އެންމެހާ ކަންތައްތައް މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: PRC-MPL/IULAAN/2021/76 ޢިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ ޢިޢުލާން ބާޠިލްކޮށް، ތިރީގައިވާ ގޮތުގެމަތިން އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

2. ބިޑް ޕްރޮޕޯސަލް ހުށަހެޅުން:

ތާރީޚް: 23 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00

ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 8ވަނަ ފަންގިފިލާގައި

 

3. މާރކްސް ދެވޭ ކްރައިޓީރިއާތަކާއި ދެވޭ މާރކްސް:

3.1  މަސައްކަތުގެ ތަޖުރިބާ: 30 ޕޮއިންޓް (5 އަހަރު ދުވަސް ހަމަނުވާ 3 ރެފަރެންސް ހުށަހެޅުން)

3.2  އެންމެ ހެޔޮ އަގަށް: 45 ޕޮއިންޓް

3.3  ވަކިވަކި މަސައްކަތް ކޮށްދޭނެ މުއްދަތުގެ އަވަސްމިނަށް: 20 ޕޮއިންޓް

3.4 ދިވެހި ފަރާތެއް ނަމަ: 5 ޕޮއިންޓް

 

4. ބިޑް ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

4.1 ވޭތުވެ ދިޔަ ފަސްއަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން (ކުންފުންޏެއްނަމަ އެންމެ އިސްފަރާތުގެ/އަމިއްލަ ފަރުދެއްނަމަވެސް)

4.2 މިފަދަ މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށްވުން (އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ ނުވަތަ ލައިސެންސް ލިބިފައިވާ ފަރާތަކަށްވުން)

4.3 މަސައްކަތް ހިންގޭނެފަދަ ފައިނޭންޝަލް ޤާބިލުކަން ހުރިކަން ސާބިތު ކޮށް ދިނުން.

4.4 މަސައްކަތް ކުރުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވުން

 

5. ބިޑް ޑޮކިއުމެންޓާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް

5.1 ކޮމްޕެނީ ޕްރޮފައިލް އާއި ކޮމްޕެނީ ރަޖިސްޓްރޭޝަން

5.2 ޓެކްސް ކްލިއަރެންސް ރިޕޯރޓް

5.3 ޢިއުލާން ކުރެވޭ މަސައްކަތާއި ގުޅުން ހުރި ޚިދުމަތް ދިނުމަށް ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން.

5.4 ދެފަރާތަކުން ގުޅިގެން ބިޑް/ޕްރޮޕޯރސަލް ހުށަހަޅާނަމަ އެފަރާތެއްގެ މަޢުލޫމާތާ ވަނަވަރު

5.5 ބިޑް ހުށަހަޅާފަރާތުން ސޮއިކޮށްފައިވާ "ޑިކްލަރޭޝަން އޮން އެތިކަލް ކޮންޑަކްޓް އެންޑް ފްރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރު  ފޯރމު.

 

6. ބީލަން ބާތިލުވުމާ ބެހޭ މަޢުލޫމާތު

6.1 ދޮގުމަޢުލޫމާތު ދީފައިވާ ބީލަންތައް

6.2 މަސައްކަތާއި އެކަށީގެން ނުވާ ބޮޑު އަގުތައް ހުށަހެޅުން

6.3 ހުށަހަޅާ ޕްރޮޕޯރސަލްގެ ކޮލިޓީ ދައްވުން

6.4 ބީލަން ހުށަހެޅުމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތަކަށް ވުން.

6.5 "ޑިކްލަރޭޝަން އޮން އެތިކަލް ކޮންޑަކްޓް އެންޑް ފުރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރުގައި ސޮއިކުރުމަށް ދެކޮޅު ހެދުން.

 

7. ބީލަން ކާމިޔާބު ކުރާ ފަރާތާ އެކު ހެދޭ އެއްބަސްވުމުގައި ހިމެނޭނެ ބައެއް މުހިއްމުކަންކަން.

7.1 ބިޑް ކާމިޔާބުކުރުމަށްފަހު ކުންފުނީގެ އިހުމާލެއް ނެތި މަސައްކަތް ހުއްޓާލައިފިނަމަ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު  ނެގޭނެ ގޮތް

7.2 މަސައްކަތް ލަސްވާ ދުވަސްތަކަށް ގެއްލުމުގެ ބަދަލު ނަގާނެކަން

7.3 މަތީގައިވާ ކަންކަމުގެ އިތުރުން މުހިންމު ކަންތައްތައް އެއްބަސްވުމުގައި ހިމެނޭނެ

 

8. އިތުރު މަޢުލޫމާތު.

8.1 ބީލަމަށް ނުހޮވޭ ފަރާތްތަކަށް އެކަން އެންގުމުން ރަސްމީ ފަސް ދުވަހުގެ ތެރޭގައި ޝަކްވާއެއް އޮތްނަމަ ޝަކްވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ.

8.2 ބިޑް ހުށަހަޅަންވާނީ ދިވެހި ރުފިޔާއިން.

8.3 ބިޑަށް ހޮވޭ ފަރާތާއެކު މުޢާމަލާތު ކުރުމަށް ދަތިވެއްޖެނަމަ (ފޯނަށް ޖަވާބު ނުދިނުން، ކޯލްބެކް ނުކުރުން، މެސެޖަށް ޖަވާބު ނުދީ ލަސްވުން، އީމެއިލްއަށް ޖަވާބު ނުދީ ލަސްވުން ފަދަ) މައްސަލަތަކުގެ ސަބަބުން ކޮންޓްރެކްޓް ހެދުމަށް ދަތިތައް ދިމާވާނަމަ ބިޑަށް ހޮވުނު ފަރާތް ކެންސަލް ކުރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

 

09 ނޮވެންބަރު 2021
ހޯދާ