މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީގެ އޮފިސް އިމާރާތް (ގްރައުންޑް އަދި ސެކަންޑް ފްލޯރ) ފޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މިއޮތޯރިޓީގެ އޮފިސް އިމާރާތް (ގްރައުންޑް އަދި ސެކަންޑް ފްލޯރ) ފޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)431-AHP/1/2021/20  (12 އޮކްޓޯބަރ 2021) އިޢުލާނުގެ މަޢުލޫމާތަށް އައިބަދަލަކާއި ގުޅިގެން އެއިޢުލާން ބާތިލުކޮށް މިއޮތޯރިޓީގެ އޮފިސް އިމާރާތް (ގްރައުންޑް އަދި ސެކަންޑް ފްލޯރ) 1 އަހަރު ދުވަހުގެ މުއްދަތަށް ފޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

2. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 18 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30 ގެ ކުރިން  [email protected] އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.

3. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގެ މީޓިންރޫމުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

4. މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 18 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި ސައިޓް ބެލުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން މުއްދަތުގައި މިއޮތޯރިޓީ އަށް ވަޑައިގަތުމުން ސައިޓް ބެލުމުގެ އިންތިޒާމް ހަމަޖެހޭނެއެވެ.

 

04 ރަބީޢުލްއާޚިރު  1443ހ.

09 ނޮވެމްބަރ     2021މ.

09 ނޮވެންބަރު 2021
ހޯދާ