ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

 ޖެނެރަލް މެނޭޖަރ – ބިޒްނަސް ޑިވެލޮޕްމަންޓް

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ

ކްލެސިފިކޭޝަން / ރޭންކް:

 ޖެނެރަލް މެނޭޖަރ / ގްރޭޑް 01

މުސާރަ:

 ތަޢުލީމާއި ތަޖްރިބާއަށް ބެލުމަށްފަހު ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 09 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުމާއި އެކު ހިންގުމުގެ ދާއިރާއިން މަދުވެގެން 05 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 08 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުމާއިއެކު ހިންގުމުގެ ދާއިރާއިން މަދުވެގެން 5-7 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ބިޒްނަސް ޑިވެލޮޕްމެންޓު ޑިވިޜަން، ހިންގުމުގެ ސިޔާސަޔަތުތައް އެކަށައަޅާ އެކަންކަން ތަންފީޒުކުރުން.

- ކޯޕަރޭޝަންގެ ކުރިމަގު ބައްޓަންކުރުމުގެ ގޮތުން ޕްލޭންތައް ތައްޔާރުކުމާއިއެކު އެކަންކަން ޙާސިލުކުރުމަށްޓަކައި ކަމާއި ގުޅުންހުރި ޑިޕާޓްމެންޓުތަކާއި ގުޅިގެން މަސައްކަތްކުރުން. އަދި އެކަންކަން ޙާސިލުވި މިންވަރު ކަށަވަރުކޮށް މެނޭޖްމަންޓަށް ހުށަހެޅުން.

- ކޯޕަރޭޝަންގެ ވިޔަފާރި ފުޅާކުރެވޭނެ ގޮތޮތައް ހޯދައި އެފަދަ ކަންކަން ތަންފީޒު ކުރެވޭނެ ގޮތުގެ އެންމެހާ ޕްލޭންތައް ހެދުމަށްފަހު މެނޭޖްމަންޓަށް ހުށަހެޅައި، އެކަންކަން ތަންފީޒްކުރުމަށްޓަކައި އެހެން ޑިޕާޓްމެންޓްތަކާއި އެކު މަސައްކަތްކުރުން.

- ބިޒްނަސް ޑިވެލޮޕްމެންޓު ޑިވިޜަންގެ މެންޑޭޓްގައިވާ އެންމެހާ ކަންކަން ޙާސިލުކުރެވޭކަން ކަށަވަރުކުރުން.

- ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމެންޓުގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.

- ރިސާޗް އެންޑް ޑިވެލޮޕްމެންޓު ޑިޕާޓްމެންޓުގައި ހިނގާ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.

- ކޯޕަރޭޝަންގެ ޕްރޮޑަކްޝަން ކެޕޭސިޓީ އިތުރުކުރުމާއި ޕްރޮޑަކްޝަން ޓާގެޓްތައް ޙާސިލުވާކަން ކަށަވަރުކުރުން.

- ޕްރޮޑަކްޝަން މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ހޯދައި އެކަންކަން މެނޭޖްމެންޓާއި ޙިއްސާކުރުން.

- ކޯޕަރޭޝަންގެ ސޭލްސް ޓާގެޓް ޙާސިލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ވިލަރެސްކޮށް ސޭލްސް ޓާގެޓްތައް ޙާސިލުވާކަން ކަށަވަރުކުރުން.

- ޕްރޮޑަކްޝަން މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ހޯދައި އެކަންކަން މެނޭޖްމެންޓާއި ޙިއްސާކުރުން.

- ކޯޕަރޭޝަންގެ ހުރިހާ ޑިޕާޓްމެންޓެއްގެ މަސައްކަތުގެ ޕްރޮގްރެސް ގާތުން ބެލުމާއިއެކު، ކޯޕަރޭޝަންގެ އިމޭޖް އަދި މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމުގެ އެންމެހާ މަސައްކަތް ވިލަރެސްކުރުން.  

- މެނޭޖްމެންޓުން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ރާވައި ހިންގުން.

- ކޯޕަރޭޝަންގެ ކޯޕަރޭޓް އިމޭޖް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ   މަސައްކަތް ރާވައި ހިންގުން.

މަޤާމް:

 އެސިސްޓެންޓް މެނޭޖަރ - އިންވެންޓަރީ މެނޭޖްމެންޓް

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް މެނޭޖަރ /  ގްރޭޑް 05

މުސާރަ:

 މަހަކު 9250.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/4150ރ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި  ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 08 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުން.

ނުވަތަ،

- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 05 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5-3 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސްޓޭޝަނަރީ ސްޓޮކަށް ތަކެތި ހޯދުމާއި ދޫކުރުމާއި ދުވަހުން ދުވަހަށް ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓޭކަން ކަށަވަރުކުރުން.

- ސްޓޮކްތަކުގެ ފިޒިކަލް ކައުންޓެއް ކަނޑައެޅިފައިވާ ތާރީޚްތަކަށް ތައްޔާރުކުރުވުން.

- ޓޫލްސް އަދި މެޝިނަރީޒް ސްޓޯރަށް ތަކެތި ހޯދުމާއި، ދޫކުރުމާއި، ދުވަހުން ދުވަހަށް ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ސްޓޮކާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބަލަހައްޓާކަން ކަށަވަރުކުރުން.

- ސްޓޮކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ ސުންގަޑިތަކަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- ސްޓޮކް ބެލެހެއްޓުމުގައި ހެދިފައިވާ އެންމެހާ ޤަވައިދުތައް ތަންފީޒުކުރުން.

މަޤާމް:

 އިންވެންޓަރީ މެނޭޖްމެންޓް އޮފިސަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ / ގްރޭޑް  01

މުސާރަ:

 މަހަކު 5500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2200ރ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ތިލަފުށީ ސައިޓް. ނަމަވެސް ވަޒީފާގެ  މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 04 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުން.

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސެންޓްރަލް ސްޓޯރ އަށް ތަކެތި ހޯދުމާއި، ދޫކުރުމާއި، ދުވަހުން ދުވަހަށް ބާކީ އަޕްޑޭޓްކޮށް   ބެލެހެއްޓުން.

- ސްޓޮކްބާކީ ރިޕޯޓްތައް ކަނޑައެޅިފައިވާ ތާރީޚްތަކަށް ތައްޔާރު ކުރުން.

- ސްޓޮކްތަކުގެ ފިޒިކަލް ކައުންޓެއް ކަނޑައެޅިފައިވާ ތާރީޚްތަކުގައި ހަދާ ރިޕޯޓް ތައްޔާރުކުރުން.

- ސްޓޮކް ބެލެހެއްޓުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްކުރުން.

މަޤާމް:

 ސެކްރެޓްރިއޭޓް އޮފިސަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ / ގްރޭޑް01

މުސާރަ:

 މަހަކު 5500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2200ރ

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 04 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުން.

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީ، ރޯޑްވާރދިނަސް އަދި އިންޝުއަރެންސާއި ބެހޭ އެންމެހާ ކަންތައްތައް ޤާނޫނާއި ޤަވައިދާއި އެއްގޮތްވާ ގޮތުގެމަތިން އަޕްޑޭޓްކޮށް ބެލެހެއްޓުން.

- އެއްގަމު އަދި ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީތަކުގެ އަސްލު ރައްކާތެރިކަމާއެކު   ބެލެހެއްޓުން.

- އެކިއެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އަދި އެހެނިހެން   ލިޔެކިޔުންތައް އެފަރާތްތަކަށް ފޮނުވުން.

- އަހަރީ ރިޕޯޓް ޑިޕާޓްމެންޓްތަކުގެ އެހީތެރިކަމާއިއެކު ތައްޔާރުކުރުން.

- އެސެޓް ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ޑިޕާޓްމެންޓްގެ އެހެނިހެން އިދާރީ މަސައްކަތްކުރުން.

- ކޯޕަރޭޝަންގެ ސައިޓް ތަކާއި ހެޑް އޮފީހުގެ އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.

- ކޯޕަރޭޝަންގެ މުވައްޒަފުންނާއި ވަސީލަތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤަވައިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލުކުރާކަން ކަށަވަރުކުރުން.

- ހެޑް އޮފީހަށް ބޭނުންވާ އެންމެހާ މަރާމާތްތައް ހިންގާ ބެލެހެއްޓުން.

ސުންގަޑި:

 މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 14 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ މެއިލް ([email protected]) އަށް ފޮނުވަންވާނެއެވެ.

 ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދި ހުއަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  6. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމުތަކަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، ނޮވެމްބަރ މަހުގެ   ތާރިޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

               03 ރަބީޢުލްއާޚިރު 1443   

08 ނޮވެންބަރު 2021
ހޯދާ