މާފުށީ ހޮސްޕިޓަލް
ދިވެހިރާއްޖެ
05 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

05 ކޮޓަރީގެ އެޕާރޓްމެންޓެއް ކުއްޔަށް ހިފުމާބެހޭ

މާފުށީ ޞިއްޙިމަރުކަޒުގައި މަސައްކަތް ކުރައްވާ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށްޓަކާ 5 ކޮޓަރީގެ އެޕާރޓްމެންޓެއް 03 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްހިފަން ބޭނުންވެއެވެ.

ވީމާ، މިފަދަ ތަނެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް 2021 ނޮވެމްބަރު 18ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މާފުށި ޞިއްޙީމަރުކަޒަށް ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 ނޮވެމްބަރ 25 ވާ ބުރާސްފަތި ދުވަހު 11:00ގައި  މާފުށި ޞިއްޙީމަރުކަޒުގައެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

08 ނޮވެންބަރު 2021
ހޯދާ