މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވާލުމާއި ގުޅޭ

     ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، ވިލިމާލޭގައި ދުއްވާ ބެޓެރި ވަހިކަލްތަކުގެ  ދަފްތަރެއް މާލެ ސިޓީ ކައުންސިލްގައި އެކުލަވާލުމަށް ބޭނުންވާތީ، ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތައް މިއަދުން ފެށިގެން (04 ނޮވެމްބަރު 2021 ން 19 ނޮވެމްބަރު 2021 ށް) 15 ދުވަހުގެ ތެރޭގައި ތިރީގައިވާ ލިންކް މެދުވެރިކޮށް ކައުންސިލްގައި ރަޖިސްޓްރީވުމަށް އަންގާ އިޢުލާންކުރަމެވެ. އަދި މިމުއްދަތުގެ ފަހުން ވިލިމާލެއަށް އަރުވާ ބެޓެރި ވެހިކަލްތައްވެސް ކައުންސިލްގައި ރަޖިސްޓްރީ ވަމުން ގެންދިއުމަށް ދެންނެވީމެވެ.

     މިކަމަށް އެދިހުށަހެޅުއްވުމަށް މާލެ ސިޓީ ކައުންސިލްގެ (www.malecity.gov.mv) ވެބްސައިޓްގައި އެކަމަށް ކަނޑައެޅިފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުން ވެލައްވާނަމަ ވިލިމާލެ ސެކްޝަންގެ ނަންބަރު 3390812 ށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

     ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.  

                                       29 ރަބީއުލްއައްވަލް  1443 

04 ނޮވެންބަރު 2021
ހޯދާ