ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު ދަތުރު ކުރާ އުޅަނދުތަކުގެ ދަފްތަރު އެކުލަވާލުމާ ބެހޭ

މިރަށުގެ ކަނޑުދަތުރު ކުރާ ފަރާތްތަކުގެ އުޅަނދުތަކުގެ މަޢުލޫމާތު އެއްކޮށް ކަނޑުދަތުރުކުރާ އުޅަނދުތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ދަފްތަރު އެކުލަވާލުމަށް ބޭނުންވާ ބައެއް މަޢުލޫމާތުތައް މިއިދާރާއަށް ލިބިފައިނުވާތީ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

ވީމާ، ކަނޑު އުޅަނދުތަކުގެ ވެރިފފަރާތްތަކުން އުޅަނދުތަކުގެ ރަޖިސްޓްރީގެ ކޮޕީ، 2021 ނޮވެމްބަރ 21 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.

04 ނޮވެންބަރު 2021
ހޯދާ