މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ އޮފިސް ބަދަލުވާ އައު އިމާރާތުގައި އޭސީ ހަރުކޮށް އަދި ސަރވިސް ކޮށްދޭނެ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

 

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކޯޕަރޭޝާނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މި ކޯޕަރޭޝަންގެ އޮފިސް ބަދަލުވާ އައު އިމާރާތުގައި  އޭސީ ހަރުކޮށް އަދި ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް  ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 09 ނޮވެމްބަރ 2021 ވާ  ބުރާސްފަތި ދުވަހުގެ 13:30 އަށް މިކޯޕަރޭޝަންއަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،  15 ނޮވެމްބަރ 2021  ވާ އަންގާރަ ދުވަހުގެ 13:30 އަށް މިކޯޕަރޭޝަންއަށް  ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ސަމާލުކަން ދެއްވުމަށް: މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހާޟިރުވާ ފަރާތްތަކަށް، ބައިވެރިވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

އޮފީސް އެޑްރެސް: މ. ދޫނިފުށި (8ވަނަ ފަންގިފިލާ)، އޯކިޑްމަގު، މާލެ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނާއެވެ.

04 ނޮވެންބަރު 2021
ހޯދާ