ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކ. އަތޮޅު މަދަރުސާގެ ވޯކުވޭ ހަދާދޭނެ ފަރާތެއް ހޯދުން
މި އިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް ކ. އަތޮޅު މަދަރުސާގައި އައު އިމާރާތާއި އިންވެގެން ވޯކުވޭ ހަދާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރަޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، 2021 ނޮވެމްބަރ 08 އިން 2021 ނޮވެމްބަރ 10 ވަނަ ދުވަހުގެ 10:00 ގެކުރިން ކާށިދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މި ޕްރޮޖެކްޓާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:00 ގައި ކާށިދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 16 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.
ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަޢުލޫމާތު ސާފުކުރުން
ނަން: ޙުސައިން ސިޔާޙް
މަޤާމް: ސ. ކައުންސިލް އޮފިސަރ
އޮފީސް: މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ، ހަވީރީހިނގުން، ކ.ކާށިދޫ، ދިވެހިރާއްޖެ
ގުޅޭނެ ނަމްބަރު: 6645377، 7798119
އީމެއިލް އެޑްރެސް: [email protected]
04 ނޮވެމްބަރ 2021