މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕޯސްޓަލް އޮފިސަރ

 ވަޒީފާގެ ފުރުޞަތު

 

މަޤާމް :

އެސިސްޓެންޓް ޕޯސްޓަލް އޮފިސަރ

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/4599 ރުފިޔާ (ހަތަރުހާސް ފައްސަތޭކަ ނުވަދިހަ ނުވަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/2310 ރުފިޔާ (ދެހާސް ތިންސަތޭކަ ދިހަ ރުފިޔާ )
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

ކުޅުދުއްފުށީ ޕޯސްޓް އޮފީސް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ނުވަތަ އޭލެވެލް އިން މަސައްކަތާ ގުޅޭ މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު ދިވެހި ، އަދި އިގިރޭސިން ފާސްވެފައިވުން
  • ގްރޭޑް 10 ގެ ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވުމާއި އެކު  މަސައްކަތު ތަޖްރިބާ ލިބިފައިވުން
  • ގްރޭޑް 7ގެ ފެންވަރަށް ނުވަތަ އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި ދަތުމާއި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު

  • ޚިދުމަތާއި  އޮޕަރޭޝަންސްއާއި ގުޅުން ހުރި މަސައްކަތްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކުރެވޭ އިންޓަރވިއު އިން ފާސްވުން
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 16:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  1. ވަޒީފާއަށްއެދޭ ފޯމް
  2. ވަނަވަރު (ސީވީ)
  3. އައިޑީ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓުފިކެޓުތައް)  
  5. ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި އެޓެޗްކޮށްފައިނުވާނަމަ  އެފަދަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ  16:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް  ކުޅުދުއްފުށީ ޕޯސްޓް އޮފީސްއިން ބަލައިގަންނާނެއެވެ.  

 

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009-273ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
04 ނޮވެންބަރު 2021
ހޯދާ