ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ހޯލަކާއެކު ކޭޓަރިންގ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ހޯލަކާއެކު ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން 

     

މި އޮތޯރިޓީއިން ހިންގުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމެއް ހިންގުމަށްޓަކައި ޓްރެއިނިންގ ހޯލަކާއެކު ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ހޯލާއިބެހޭ މައުލޫމާތު:

  • ތަމްރީން ޕްރޮގްރާމް ހިންގަންހަމަޖެހިފައިވާ ދުވަސްތައް :  05 ޑިސެމްބަރ 2021 ން 09 ޑިސެމްބަރ 2021 އަށް (5 ދުވަސް)
  • ވަގުތު : 8:00 އިން 16:00 (8 ގަޑި) އިރަށް. (5 ދުވަހު)
  • ހޯލުގައި މަދުވެގެން 2 މައިކު އަދި ސައުންޑް ސިސްޓަމާއެކު، ޕްރޮޖެކްޓަރ، ޕޮއިންޓަރ، ފްލިޕް ބޯޑު، އެޗް.ޑީ.އެމް.އައި ކޭބަލް އަދި ޕްރޮޖެކްޓަރ ސްކްރިން ހުންނަންވާނެއެވެ.
  • 35 މީހުންނަށް އެކޮމަޑޭޓްކުރެވޭ ވަރަށް މޭޒާއި ގޮނޑި ހުންނަންވާނެއެވެ.
  • ކޭޓަރިންގ ހަމަޖެއްސޭވަރުގެ އެކަށީގެންވާ ޖާގައެއް ހޯލުގެ އެތެރޭގައި ނުވަތަ އެ ސަރަހައްދުގައި ވަކިން އޮންނަންވާނެއެވެ.

ކޭޓަރިންގ:

  • 5 ދުވަހުގެ ހެދުނުގެ ސައި، 9 ގަޑީގެ ކޮފީ، މެންދުރުގެ ކެއުން އަދި ހަވީރު ސައި 35 މީހުންނަށް ސަރވިސްއާއެކު. މީގެ އިތުރުން 35 މީހުންނަށް ބޭނުންވާ ވަރަށް އަބަދުވެސް ބޯފެން ހޯލުގައި ލިބެން ހުންނަންވާނެއެވެ.  

ޕްރޮޕޯސަލް/އަންދާސީ ހިސާބުގައި ހިމަނަންވީ ބައިތައް:

ހުށަހަޅާ ޕްރޮޕޯސަލްތައް އޮތޯރިޓީން ބަލައިގަންނާނީ ތިރީގައިވާ ލިޔެކިޔުންތަކާއި މަޢުލޫމާތު ފުރިހަމަވާނަމަ އެވެ.

  • އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވިޔަފާރި/ކުންފުންޏެއް ނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓް، ބީ.ޕީ.ޓީ ނުވަތަ ޖީ.އެސް.ޓީ. ސެޓްފިކެޓްގެ ކޮޕީ.
  • ޖީ.އެސް.ޓީ. ދައްކަންޖެހޭ ފަރާތެއް ނަމަ ޓެކްސް ކްލިއަރެންސް ފޯމު
  • ވިޔަފާރި/ކުންފުންޏެއް ނަމަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކަމުގެ ސެޓްފިކެޓް (އެސް.އެމް.އީ ރަޖިސްޓްރީ) ގެ ކޮޕީ.
  • މަސައްކަތުގެ އަގު  ތަފްޞީލްކޮށް އެނގޭނެހެން ހިމަނަނަންވާނެ. މި ގޮތުން ހޯލްގެ ކުއްޔާއި، ކޭޓަރިންގެ އަގު ވަކިން ހިމަނަންވާނެ.
  • 5 ދުވަހަށް (ހެނދުނު ސައި، މެންދުރު ކެއުން، ހަވާރު ސައި) ހުށަހަޅާ ކެއިން ބުއިމުގެ މެނޭ ހިމަނަންވާނެ.
  • ކުށްޔަށް ދިނުމަށް ހުށަހަޅާ ހޯލުގައި ލިބެން ހުރި ހިދުމަތްތަކުގެ މައުލޫމާތު ހިމަނަންވާނެ.
  • 05 ޑިސެމްބަރ 2021 ން 09 ޑިސެމްބަރ 2021 ގެ ހެނދު 8 ން ހަވީރު 4 އަށް ހޯލްގެ ބުކިން ކޮންފަމޭޝަން
  • މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ ޕްރޮފައިލް/ޕޯޓްފޯލިއޯ/ލިސްޓް
  • މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފްޞީލް އެގޭނެ ލިޔުން ތައް.

މި ބިޑް އެވޯޑްކުރުމުގައި ޕޮއިންޓު ދޭނެ މިންގަނޑު:

އަގު: %25

މި ބަޔަށް މާކްސްދެވޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގުން ހުށަހަޅާ އަގު ގެއްލައިގެންނެވެ.

 

މަސައްކަތުގެ ތަޖުރިބާ: 30%

މި ބަޔަށް މާކްސް ދިނުމުގައި ބަލާނީ ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޖަލްސާ/ސެމިނަރ/ވާރކްޝޮޕް ބޭއްވުމަށް ހޯލު ކުއްޔަށް ދިނުމާއި ކޭޓަރިންގ ގެ ޚިދުމަތް ފޯރުކޮށްދީފައިވާކަން އެގޭނެ ގޮތަށް އެ ހިދުމަތް ލިބިގެންފައިވާ ފަރާތްތަކުން ދޫކޮށްފައިވާ ރިފަރެސް ސިޓީތަކަށެވެ.

  • 01 މަސައްކަތާ 05 މަސައްކަތާ ދެމެދު 10 ޕޮއިންޓް
  • 06 މަސައްކަތާ 09 މަސައްކަތާ ދެމެދު 20 ޕޮއިންޓް
  • 10 މަސައްކަތަށްވުރެ އިތުރު ނަމަ 30 ޕޮއިންޓް

ހޯލްގެ ކުޑަ ބޮޑުމިނާއި ލޮކޭޝަނާއި ލިބެން ހުރި ހިދުމަތްތައް އަދި ކޭޓަރިންގ މެނޫ : 45%

މި ބަޔަށް މާކްސް ދިނުމުގައި ބަލާނީ ތިރީގައިވާ ކަންކަމަށެވެ.

  • ހޯލްގެ ކުޑަ ބޮޑުމިން
  • ހޯލް ހުރި ލޮކޭޝަން/ އެކްސެސިބިލިޓީ
  • ހޯލުގައި ލިބެން ހުރި ހިދުމަތްތައް
  • 5 ދުވަހަށް ހުށަހަޅާ ކޭޓަރިންގެ މެނޫގައި ހިމެނޭ ކާބޯތަކެތީގެ ބާވަތްތަކާއި ވެރައިޓީ

 

ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހެޅުން:

  • މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ނޮވެމްބަރު 2021 ވަނަ ދުވަހުގެ 10:45 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މި އޮތޯރިޓީގެ ރިސެޕްޝަނަށް (ހ. މައިޒާންދޮށުގެ 2 ވަނަ ފަންގިފިލާ، ސޯސަންމަގު، މާލެ) ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހަޅަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި ހޯލާއި ކޭޓަރިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅާ ޕްރޮޕޯސަލް/އަންދާސީ ހިސާބުކަން އެގެން އޮންނަންވާނެއެވެ.
  • ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުޅުވާނީ 17 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 11:00 ގައި މި އޮތޯރިޓީގެ މީޓިންގ ރޫމްގައި، އެ ވަގުތު ހާސިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެވެ.
  • 17 ނޮވެމްބަރ 2021 ގެ 10:45 ގެ ފަހުން ލިބޭ ޕްރޮޕޯސަލް/އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
  • ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުޅުވުމަށް ކަނޑައެޅިފައިވާ ވަގުތު ޖެހެންދެން ބަލައިގަނެވޭ އަންދާސީ ހިސާބުތައް، އޭގެ ސިއްރު ހިފެހެއްޓޭނެގޮތަށް ރައްކާތެރިކަމާއެކު، ބަންދުކުރެވިފައިވާ ބެހެއްޓޭނެއެވެ.

ކޮންފްލިކްޓް އޮފް އިންޓްރެސްޓް

ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހަޅާ ފަރާތާއި އޮތޯރިޓީގެ މުވައްޒަފަކާ ގުޅުމެއް (ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 1.02 ގެ (ހ) ގައި ބަޔާންކުރާ "ކްލޯސް ރިލޭޓިވް" ނުވަތަ "ކްލޯސް އެސޯސިއޭޓިވް" ކަމުގައި ބަޔާންކޮށްފައިވާފަދަ ގުޅުމެއް) އޮތްކަމުގައިވާނަމަ، އެކަމުގެ ސާފު މައުލޫމާތު އެގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެއެވެ.

 

އިތުރު މައުލޫމާތު:

އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް 15 ނޮވެމްބަރ 2021 ގެ 15:00 ގެ ކުރިން ލިޔުއްވުން އެދެމެވެ.

 

 

28 ރަބީޢުލް އައްވަލް 1443

03 ނޮވެމްބަރ 2021

03 ނޮވެންބަރު 2021
ހޯދާ