މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2021 ގައި އޮންލައިންކޮށް ބައިވެރިވުމާއި މަހާސިންތާއަށް ކަރުދާސް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުންމާއި ގުޅޭ

                                އިޢުލާން

މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2021 ގައި އޮންލައިންކޮށް ބައިވެރިވުމާއި މަހާސިންތާއަށް ކަރުދާސް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

       ނ، ރ، ބ، ޅ އަތޮޅުގެ މަދަނީ ޖަމްޢިއްޔާތަކަށް އަމާޒުކޮށް 17 އިން 20 ނޮވެމްބަރ 2021 އަށް މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމަހާސިންތާގައި ރާއްޖޭގެ ހުރިހާ މަދަނީ ޖަމްޢިއްޔާތަކަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި  މިމަހާސިންތާގައި މަޝްވަރާކުރާ މައިގަނޑު ދާއިރާތަކަށް އަމާޒުކޮށް، ކަރުދާސް ހުށަހެޅުމުގެ ފުރުޞަތުވެސް ރާއްޖޭގެ ހުރިހާ މަދަނީ ޖަމްޢިއްޔާތަކަށް ހުޅުވާލަމެވެ.

މަހާސިންތާގައި މަޝްވަރާކުރާނެ މައިގަނޑު ދާއިރާތައް

  • ތަރައްޤީގައި ޖަމްޢިއްޔާތަކުގެ ދައުރު
  • ޖަމްޢިއްޔާތަކަށް ހުރި ގޮންޖެހުންތަކާއި ފުރުޞަތުތައް
  • ޒުވާނުންނާއި ގުޅުންހުރި މައްސަލަތަކުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު
  • ހެޔޮވެރިކަމާއި އިންސާނީ ހައްޤުތައް ނެގެހެއްޓުމާއި މިންތީގެ (ޖެންޑަރ) ހަމަހަމަކަށް ޤާއިމްކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު
  • މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތަކުން އަރައިގަތުމަށް އަދި ގުދުރަތީ ދިރުންތައް ހިމާޔަތްކުރުމުގައި ޖަމްޢިއްޔާތަކުގެ ދައުރު
  • ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު
  • ޖަމްޢިއްޔާތަކުން ގުޅިގެން ހަރަކާތްތެރިވުން

 މަހާސިންތާގައި އޮންލައިންކޮށް ބައިވެރި ވުމަށް ރަޖިސްޓްރީވުން: މަހާސިންތާގައި އޮންލައިންކޮށް ބައިވެރިވާން މަދަނީ ޖަމްޢިއްޔާތަކުގެ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުން.

https://forms.gle/jLxrEYypqMxxcRms6

ސުންގަޑި:10 ނޮވެމްބަރ 2021 ( ބުދަ ) ދުވަހުގެ 12:00 އަށް

މަހާސިންތާގައި ކަރުދާސް ހުށަހެޅުން: މަހާސިންތާގައި ކަރުދާސް ހުށަހެޅުމަށް ބޭނުންވާ މަދަނީ ޖަމްޢިއްޔާތަކުން، މަހާސިންތާއަށް ހުށަހަޅާ ކަރުދާސް އެކުލަވާލަންޖެހޭ މިންގަނޑާއި އެއްގޮތަށް ތައްޔާރު ކުރެއްވުމަށްފަހު [email protected] އީމެއިލް ފޮނުވުން.

ސުންގަޑި:10 ނޮވެމްބަރ 2021 ( ބުދަ ) ދުވަހުގެ 12:00 އަށް

ނޯޓް: އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ނަންބަރު 7905784 އަށް ގުޅުއްވުން އެދެމެވެ.

02 ނޮވެންބަރު 2021
ހޯދާ