ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
Supply and Delivery of Engine full Overhaul for C2401 Cukurova 888 Backhoe Loader – 02nd Announcement-

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                       ނަމްބަރު: IUL)RDC/RDC/2021/152)

  

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ބޭނުމަށް ބެކްހޯ ލޯޑަރ (C2401 Cukurova 888) އިންޖީން މަރާމާތު ކުރުމަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުން

 

މި ކޯޕަރޭޝަންގެ ބޭނުމަށް ބެކްހޯ ލޯޑަރ (C2401 Cukurova 888) އިންޖީން މަރާމާތު ކުރުމަށ ކުރެވުނު އިޢުލާން IUL)RDC/RDC/2021/139) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީން އަލުން އިޢުލާންކުރަމެވެ.  މިކަމާއި ގުޅިގެން އިތުރު ތަފްސީލް މި އިޢުލާން އާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ބިޑް ސަބްމިޝަން ފޯމް (ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.)

2-      ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު. (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ).

 

 

                            ވީމާ، މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 08 ނޮވެމްބަރ 2021 (ހޯމަ) ދުވަހުގެ 14:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.

                           ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

                            އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު

                            މާލެ، ދިވެހިރާއްޖެ

                            ފޯން ނަންބަރު: 3339060

                            މެއިލް : [email protected]

02 ނޮވެންބަރު 2021
ހޯދާ