ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރ

މަޤާމް :ޕާރޓްޓައިމް ލެކްޗަރަރ
ބޭނުންވާ އަދަދު :2

 މަޤާމް:

 ޕާރޓްޓައިމް ލެކްޗަރަރ

 ބޭނުންވާ ޢަދަދު:

2

 އޮފީސް

 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

 

މާއްދާ:

Basic Decorations (CAT002    

Fundamentals of  Cookies and petit Four (CAT081)

 ކޯސް:

 ސެޓްފިކެޓް 3  އިން ޕެޓިޝަރީ

 

 މުސާރަ:

-  ކްލާސް ނަންގަވައި ކޮންމެ ގަޑިއިރަކަށް -/200 ރުފިޔާ

-  މާރކް ކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ރުފިޔާ

 

 

މަޤާމުގެ   ޝަރުޠު:

- މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް 4 ނުވަތަ 5 ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން.

- ކެންޑިޑޭޓުން ހޮވުމުގައި  އިޢުލާންގައި ބަޔާންކުރާ މޮޑިއުލް ކިޔަވައިދިނުމުގެ ތަޖުރިބާއާއި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  10  ނޮވެމްބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ފެކަލްޓީގެ  ތިން ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް (ރަސްމީ ގަޑީގައި - 9:00 އާއި 13:00 އާ ދެމެދު) ސިޓީ ފޮނުއްވުން އެދެމެވެ. ދެވިފައިވާ ސުންގަޑީގެ ކުރިން ކޮންމެ ވަގުތެއްގައިވެސް އީ-މެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected] އަށެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

 

 

 

ނޯޓް:

 

1- މިއިޢުލާނަށް ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން ޕާޓްޓައިމް ލެކްޗަރުންގެ ގޮތުގައި ހޮވޭފަރާތަށް ފުރަތަމަ ކޮންޓްރެކްޓް ހެދޭނީ 2021 ޓާރމް 2 ގައި ކިޔަވައި ދިނުމަށެވެ. އަދި އެ ލެކްޗަރަރއަށް ޓަރމް 2 ގައި ކިޔަވައި ދެވެންނެތްނަމަ، މި އިޢުލާނަށް ކުރިމަތިލެއްވި އެހެން ފަރާތްތަކަށް އަލުން ހުޅުވާލެވޭނެއެވެ. އަދި މި ފަރާތްތަކުގެ ތެރެއިން ޓަރމް 2 ގައި މިމާއްދާ ކިޔަވައިދެވޭނެ ފަރާތެއް ނުލިބިއްޖެނަމަ އަލުން އިޢުލާން ކުރެވޭނެއެވެ.

2- ސިޓީ ނުވަތަ އީ-މެއިލް ލިޔުއްވާއިރު ކިޔަވައިދިނުމަށް ބޭނުންވެލައްވާ މާއްދާ ނުވަތަ މާއްދާތައް ޖައްސަވަންވާނެއެވެ.

 

އިތުރު މަޢުލޫމާތު:

- ކުލާސްތައް އޮންނާނީ ފެކަލްޓީން ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.

- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345252 ނަންބަރާ ގުޅުއްވުން އެދެމެވެ.

02 ނޮވެންބަރު 2021
ހޯދާ