މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ގަވާއިދު ނަންބަރު 2018/R-69 "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގެ (9) ވަނަ މާއްދާގެ ދަށުން ރަށްރަށުން ނުވަތަ ސިޓީތަކުން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައެޅުން:

ޤާނޫނު ނަންބަރު 2002/1 "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" އިން ބާރުލިބިގެން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2018/R-69 "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގެ (9) ވަނަ މާއްދާގައި ވާގޮތުގެ މަތިން ރަށަކުން ނުވަތަ ސިޓީއަކުން ބިން ދޫކުރެވޭނެ އެންމެ ކުޑަކުލި ލޭންޑް ވެލުއޭޝަން ކޮމެޓީން ކަނޑައަޅައި 24 ޖުލައި 2019 ގައި ޢާންމުކޮށް އިޢުލާންކުރި އިރު ލިޔެވިފައިވާ ކުށެއް އިސްލާހު ކުރުމަށް ފަހު އަލުން އިޢުލާނުކުރަމެވެ.

 

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

27  ރަބީއުލްއައްވަލް  1443

02 ނޮވެމްވަރު 2021

02 ނޮވެންބަރު 2021
ހޯދާ